މަސައްކަތް ކުރާނީ އެއްވެސް ކުއްޖަކު ބާކީ ނުވާ ގޮތަށް: މިނިސްޓަރު

އަމާޒަކީ ތައުލީމީ ދާއިރާއިން އެއްވެސް ކުއްޖަކު ބާކީ ނުވާ ގޮތަށް މަސައްކަތްކުރިއަށް ގެންދިއުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ދަސްވަރު ޕްރޮގްރާމުގެ ދަށުން މާލޭގެ ޓްރޭޑާސް ހޮޓެލްގައި ހުނަރު ދަސްކުރަން ފަށާ ކުދިންނަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެެރި ކޮށްދެއްވާ، މިނިސްޓަރު ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ހުނަރުވެރިކުއްޖެއްކަން ގަބޫލު ކުރައްވާ ކަމަށާއި، ތައުލީމާ ތަމްރީނުގެ ފުރުސަތުތަކާއެކު، ކޮންމެ ކުއްޖަކީވެސް މޮޅު ކުއްޖަކަށް ވެގެންދާނެ ކަމަށެވެެ.
ޓްރޭޑާސް ހޮޓެލުގެ ޖެނެރަލް މެނޭޖާ ވަތްސަލާ ސުބަރަމާނިއަމް ވިދާޅުވީ މާދަމާއިން ފެށިގެން އެ ހޮޓަލުގެ މުވައްޒަފުންނާއެކު މަސައްކަތްކޮށް ހުނަރުު ދަސްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެކަމަށާއި، އޮރިއެންޓޭށަންއަށްފަހު ހޯމަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދުވަހު ހޮޓަލުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.
އަދި މިހާރުވެސް ޓްރޭޑާސް ހޮޓެލުގައި މަސައްކަތްކުރާ 50 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންކަން ކަމަށާއ އެފަދަ ފުރުސަތެއް ދިވެހި ކިޔަވާކުދިންނަށް ލިބުމަކީ ކުދިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަސްވަރު ޕްރޮގްރާމްގެ ދަށުން ހަތަރު ސްކޫލެއްގެ 17 ދަރިވަރަކަށް ޓްރޭޑާސް ހޮޓަލުން ހުނަރު ދަސްކުމުގެ ފުރުސަތު ދީފަވާއިރު އެ ހަތަރު ސުކޫލުންވަނީ ޓްރޭޑާސް ހޮޮޓެލްއާއެކު، ހުނަރުދަސްކޮށްދިނުމަށް ޓްރޭޑާސްހޮޓަލާކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. އެއީ މަޖީދިއްޔާ ސުކޫލާއި ޖަމާލުއްދީން ސުކޫލާއި ކަލާފާނު ސުކޫލުގެ އިތުރުން މުހިއްޔުއްދީން ސުކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ