ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ޕީޕީއެމް އޮތީ ޖާގަ ކަށަވަރުކޮށްފަ: ޔާމީން

މިއަހަރު ބާއްވަން ހަމަޖއްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް އޮތީ މިހާރުވެސް ޖާގަ ކަށަވަރުކޮށްފައި ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މާލޭގައި ޕީޕީއެމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި މިރޭ ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އާބާދީ ގިނަ ތަންތަނުގައި އެމަނިކުފާނަށް އޮތް ތާއީދަށް ހަމައެކަނި ބަލާއިރުވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައިވާކަމަށެވެ.
"ރާއްޖެތެރޭގެ ބައިބޯ އެތައް ސަރަހައްދެއްގަ އުޅެފަ އަޅުގަނޑުމެން މިއައީ. ތަންތަނުގެ ތާއީދަށް ބަލައިފިކަމަށް ވަންޏާ ހަގީގަތުގަވެސް އަޅުގަނޑުމެންނަށް ކަށަވަރު އެވަބޭ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ޕީޕީއެމް އޮތީ މިހާރުވެސް ޖާގަ ކަށަވަރުކޮށްފައޭ. އެއީ ކީ ޝައްކެއް އޮތް ކަމެއް ނޫން އިރާދަ ކުރެއްވިއްޔާ،" ޔާމިން ވިދާޅުވިއެވެ.
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މާލޭގައި އެޕާޓީން ކުރާ ކެމްޕެއިނުން ބަދަލެއް ގެންނަން ބޭނުންވާ ކަމަށާއި މާލެއިން އެބަދަލު ގެނެވިއްޖެނަމަ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެޕާޓި ނޫން އެހެން ޕާޓީއެއް އެމްޑީޕީއާއި އެކު ދެވަނަ ބުރަށް ގޮސްފިނަމަ އެމްޑީޕީ ނޫން ކޮންމެ ޕާޓީއާއި އެކު ކޯލިޝަން ހަދަން ތައްޔާރުކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ