ފުލުހުންގެ ތަހްޤީޤަށް ހޯދާ އެއްވެސް ލިޔުމަކީ ނައްތާލާއެއްޗެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އިއްޔެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޑރ.އަފްރާޝީމް އަލީގެ މަރުގެ ތަޙްޤީޤަށް ފުލުހުން ހޯދި ލިޔުންތައް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނިކޮށް ފުލުހުން މިއަދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ހޯދާ ހެއްކާއި ލިޔެކިޔުންތަކަކީ ވަކި އުސޫލެއްގެ ދަށުން ބަލަހައްޓަމުން އަންނަ ތަކެތި ކަމަށެވެ. ފުލުހުން މިހާތަނަށް ނައްތާލާފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާކަމަށާއި، މިތަކެތީގެ ތަހްޤީޤީ މަރުހަލާގެ އެއްވެސް ލިޔެކިޔުމެއް ނައްތާނުލާކަމަށް ފުލުހުން ހާމަކުރައްވައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ ވަކިވަކި ފުލުހުން އެމީހުންގެ ސިސްޓަމުން އެތަކެތި ޑިލީޓް ހުރާ ހާލަތްތަކުގައި ވެސް އެލިޔުންތައް ފުލުހުންގެ ނެޓްވޯކްތެރޭގައި ހުންނާނެކަމަށެވެ. ފުލުހުންގެ ތެރޭގައި ވަރަށް ރަގަޅު ޤަވައިދާއި އުސޫލު އެބަހުރި ކަމަށާއި އެކަންތައްތަކުގެ ދަށުން އެއްވެސް އެއްޗެއް ނައްތާ ނުލާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒު ވިދާޅުވީ އޭނާ އެމަޤާމުގައި ހުންނެވި އިރު އެއްވެސް ލިޔެކިޔުމެއް ނައްތާ ލާފައި ނުވާނެކަމަށެވެ.
ތަހްޤީޤަށް ހޯދާ ލިޔުމަކީ ނައްތާލާ އެއްޗެއް ނޫން - ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ