މީދޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އިންޖީނުގެ ސަރުކާރާ ހަވާލު ކުރަން ފާސްކޮށްފި

ރ.މީދޫ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކަށްފަހު، އެރަށު އިންޖީނުގެ ސަރުކާާރުގެ ގާބިލް ފަރާތަކާ ހަވާލުކުރުމަށް ފާސްކޮށްފިއެވެ.
ރޭ 8:45 ން 11:00 އާ ދޭތެރޭގައި އެރަށު ސްކޫލުގައި ކުރިއަށް ދިޔަ ވޯޓުން މިގޮތަށް ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވި 367 މީހުންގެ ތެރެއިން 350 މީހުންގެ ތާއީދާއި އެކުއެވެ. ސަރުކާރުގެ ގާބިލް ފަރާތަކާ އިންޖީނުގެ ހަވާލުކުރުމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 17 މީހުންނެވެ.
ރަށު ކައުންސިލުން އިންޖީނުގެ ހިންގަމުން އައި އައުން ބަދަލު ކުރުމަށް މީދޫގެ ރައްޔިތުން އެދިފައި ވަނީ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާތީއެވެ. އަދި ކޮންމެ މަހަކު ވެސް އިންޖީނުގެއަށް މާލީގޮތުން އެތައް ގެއްލުންތަކެއް ވުމުގެ އިތުރުން އިންޖީނުތައް މަރާމާތު ކުރެވޭނެ ގޮތެއް ނެތްކަމަށްވެސް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ