ވިހެއިތާ 24 ގަޑިއިރުވެސް ނުވާ ތުއްތު ކުއްޖެއް އެމެރިކާގެ ހޮސްޕިޓަލެއްގެ ޑަސްޕިން ތެރެއިން ފެނިއްޖެ.

ލިޔުނީ: އައިޝާ މުނާއެމެރިކާގެ ސިޔާޓަލް އާއި ވޮސިންޓަން ދެމުދުން 96ކިލޯ މީޓަރ ހުޅަގު ދެކުނުން ވާ އޮލިންޕިޔާގެ “ޕޮރޮވިޑެންސް އެސްޓީ ޕީޓަރ” ހޮސްޕިޓަލްގެ ޑަސްޕިނެއްގެ ތެރެއިން ވިހާފައި 24 ގަޑިއިރުވެސް ނުވާ ތުއްތު ކުއްޖެއް ފެނިއްޖެއެވެ.ޚަބަރުތައް ބުނާގޮތުގައި މިކުއްޖާ ފެނިފައިވަނީ އެމެރިކަގެ ގަޑިން މިއަދު ހެދުނު 5.30 ގަ އި ކަމަށާއި އެމެރިކާގެ ފުލުހުން ބުނިގޮތުގައި މިހާރުވަނީ މިތުއްތުކުއްޖާމަންމައަކީ ކާކުކަން ހޯދިފައެވެ. އަދި  އެނާވަނީ އެއީ އެނާގެ ދަރިޔެއްކަމަވެސް އެބަސްވެފައިވެފައިކަމަށާއި އެނާޔާއި ސުވާލުކުރެވެމުން ދާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ފުލުހުން ހާމަކުރެއެވެ.  ކުއްޖާއަށް ލިބިފައިވާ ގެއްލުތަކާމެދު އަދި އެއްވެސް މަޢުލޫމަތެއް ފުލުހުން ހާމައެއްނުކުރެއެވެ. މިގޮތަށްމިކަން އޮއްވާ މިތުއްތު ކުއްޖާގެ މަންމަ މިކަން މިކުރީ ކީވެކަމާއި މެދު މިކަން ތަހުޤީޤު ކުރާ ފަރާތް ތަކުގެ މެދުގައި ސުވާލު އުފެދިފައިވެއެވެ.މިކަންކޮއްފައި ފަނީ އެމެރިކާއިން ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ޤާނޫނެއް ހަދައިފައި ވަނިކޮށެވެ. މިޤާނޫނުގައި ވާގޮތުން ވިހާތާ 3 ދުވަސް ނުވާ ތުއްތުކުދިން މައިމީހާއަށް ޚާލަތު ނިޔާކުރާގޮތަކުން  3 ދުވަސް ވަންދެން ރައްކާތެރިކަމާއެކު ބަލަހައްޓަން ކޮންމެ ހޮސްޕިޓަލެއްގެވެސް އެމެޖެންސީ ކޮޓަރިއާއި ނުވަތަ ކައިރީގައިވާ ފަޔަރ ސްޓޭޝަންގެ ސްޓާފުންނައި ވެސް ހަވާލުކުރެވިދާނެއެވެ. އަދި އަމިއްލެގޮތުން ބަލާނެ މީހަކުވާނަމަވެސް ހަވާލު ކުރެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ