ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރު އޭނާގެ ހަތަރު ދަރިންނާއެކު އެއެއްތަނެއްގައި ދިރިއުޅުމަށް އެންމެ ދަށީ ދަރިފުޅު އަރުޖުން ކަޕޫރުގެ ގެއަށް ބަދަލުވާން ނިންމައިފިއެވެ.
ހަބަރުތައް ބުނާގޮތުގައި ދެބަނޑަށް ބޮނީއަށް ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ގެއަށް ބަދަލުވާން ބޮނީ ނިންމާފައިވަނީ ޝްރީދޭވީގެ މަރަށްފަހު އެކުދިންގެ މެދުގައި ގާތް ގުޅުމެއް އުފެދެމުން އަންނަތަން ފެނިގެންނެވެ.
އަރުޖުން އާއި އަންޝުލާ މިހާރު ވަކިން ދިރިއުޅެމުން އަންނައިރު ހުޝީ އާއި ޖާންވީ ދިރިއުޅެމުން އަންނަނީ އެމީހުންގެ ބައްޕައާއެކުއެވެ.
ބޮނީ ކަޕޫރުގެ ފުރަތަމަ ކައިވެނި މޯނާ ކަޕޫރަށް ކޮށްފައިވާއިރު އެކައިވެންޏަށް ވަނީ އަރުޖުން އާއި އަންޝުލާ ލިބިފައެވެ. އަދި ބޮނީ ކަޕޫރު ވަނީ މޯނާ ވަރިކޮށް، 1996 ވަނަ އަހަރު ޝްރީދޭވީ އާކައިވެނިކޮށްފައެވެ. އެކައިވެންޏަށް ވަނީ ޖާންވީ އާއި ހުށީ ލިބިފައެވެ. 2012 ވަނަ އަހަރު ބޮނީގެ ފުރަތަމަ އަންހެން މޯނާ މަރުވެފައިވާއިރު އޭރު އަރުޖުން އާއި އަންޝުލާ ދިރިއުޅެމުން އައި އެމީހުންގެ މަންމަ ގާތުއެވެ. އަދި ބޮނީ އައި އޭނާގެ އަންހެނުން ޝްރީދޭވީ އާއި ދެރިންނާއެކު ވަކިން ދިރިއުޅެމުންނެވެ.
ސްރީދޭވީއަށް ލިބިފައިވާ ދެކުދިންކަމަށްވާ ޖާންވީ އާއި ހުޝީ ވެސް އަރުޖުން އާއި އަންޝުލާއަށް އެމީހުންގެ މަންމަ މަރުވުގެ ކުރިން ގާތް ގުޅުމެއް ބޭއްވިތަން ފެނިގެންގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް ސްރީދޭވީގެ މަރާއެކު އަރުޖުން އާއި އަންޝުލާ ވަނީ އެމީހުންގެ ބައްޕަ އާއި ކޮއްކޮމެނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެ ހަތަރު މީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދިންގެން ގޮސްފައިވަނީ އެހިސާބުންނެވެ.
ޝްރީދޭވީގެ ދެ ދަރިންނާއެކު ބޮނީ ކަޕޫރު އަރުޖުންގެ ގެއަށް ބަދަލުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ