އެކުގައި ގަދަކޮށް އެމްޑީޕީ ނިކުމެ ރައީސް މުއިއްޒު ބަލިކޮށް ރާއްޖެ ހަމަ މަގަށް އަޅުވަން ރަންރީދޫ ދަންމަރު އެނިކުތީއެވެ. މޭކަރާ ބަޔަކު ކިތަންމެ ވަރަކަށް މޭކެރިޔަސް އެމްޑީޕީ ނުހުއްޓުވޭނެއެވެ. ރޫޅައެއްވެސް ނުލެވޭނެއެވެ.
ވިހި އަހަރުވަންދެން ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ފިކުރުގެ ގޮތުގައި އޮތީ އެމްޑީޕީއެވެ. ދިވެހި ރައްޔިތުންގެ އުންމީދުތަކަށް ހަގީގީ ކުލަ ޖައްސާ ދިނުމުގައި އެމްޑީޕީ ދެމިއޮތީ މައުމޫނިޒަމް ޑީއާރުޕީއާއި ޕީޕީއެމާއި އެމްއާރުއެމްއާއި ޕީއެންސީ ގެ ނަމުގައި އެކިފަހަރު އެކި ގޮތަށް އަމާޒެއް ނެތި ލާހޫރެހުރެ އޮއްވައެވެ.
އެމްޑީޕީގެ ކުރިމަތީގައި މިހާރު އޮތް އެންމެ ބޮޑުކަމަކީ ދޮގާއި ހިޔާނާތާއި ވައްކަމުން ފޯވެ އާމާޒެއް ނެތި ވެރިކަން ކުރަމުންދާ މުއިއްޒު ސަރުކާރު ހަމަ ބިމަށް ތިރިކުރުމެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ނުކުރާ ސަރުކާރު ބަދަަލުކުރުމުގެ ބާރު ރައްޔިތުންނަށް ހޯދާދިނުމެވެ.
ރަންރީދޫ ދަންމަރު އެ ނިކުތީ އެ މަސައްކަތުގައެވެ. ރަންރީދޫ ދުވުން މުޅި ރާއްޖެއަށް ފަތުރާލުމަށެވެ. ފެށުން ކުލަގަދަވެފައި އުންމީދު ބޮޑެވެ. ހިތްތަކަށް ފިނިކަން ލިބުނެވެ.
ރަން ރީދޫ ދަންމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ