ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވައިފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް އެޕާޓީގެ ކައުންސިލުން ނިންމާފައިވާ ރައީސް އަބްދުﷲ ޔާމީނަށް މިރޭ ރަސްމީކޮށް ރިޔާސީ ޓިކެޓް އަރުފައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޔާމީނަށް އަރުވާފައިވަނީ މިހާރު ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ހަފްލާއެއްގައެވެ. ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވުމުން ރަޢީސް ޔާމީންވަނީ ޓިކެޓް ގަބޫލުކުރައްވާގައެވެ.
ޕީއެމްގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލާ ރައީސް ޔާމީނަށް ދޭން ރައީސް ޔާމީންގެ ފުރިހަމަ ކޮންޓްރޯލު އޮންނަ ޕީޕިއެމްގެ ކައުންސިލުން ނިންމިއިރު ކައުންސިލަށްވެސް ނުގެންގޮސް ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އައްޔަން ކުރައްވާފައެވެ. ނަމަވެސް ފަހުން ޕީޕިއެމްގެ ކައުންސިލުން ވަނީ ޑރ.ޝަހީމަށް ރުހުން ވެސް ދެއްވާފައެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި އަދިވެސް ހުންނެވި ޝަހީމު ގެންދަވަނީ އެމަގާމު ގަބޫލު ކުރައްވާ ރަސްމީކޮށް ކެމްޕޭންގެ މަސައްކަތްތައް ވެސް ފައްޓަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ