ދެ ބަހުން ލިޔުނު ދެ ޓްވީޓް ދިމާ ނުވޭ، އަނެއްކާ ވެސް ރައްޔިތުން ގުނބޯ ހައްދަނީތަ؟

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އިސްލާމްދީނާ ޚިލާފު އެތައް ކަމެއް ހިމެނޭ ގޮތަށް ޔޫރަޕިއަން ޔޫނިއަން އިން ނެރުނު ބަޔާނަށް ރާއްޖޭގެ ރައީސްކަން ކުރައްވާފައި ހުރި، މި އުއްމަތައް ޝަހާދަތް ކިޔާ މުސްލިމް މަޔަކާއި ބަފަޔަކަށް ލިބިފައިހުރި ދިވެހި ދަރިއެކޭ ބުނާ ގ.ކެނެރީގެ މުހައްމަދު ނަޝީދު ދެ ބަހުން ދެ ޓްވީޓްކޮށް ރޭ ޢާއްމުކޮށްފައިވާއިރު އެ ދެ ޓްވީޓްގައި ބުނާ އެއްޗެހި އުޑާ ބިމާ ހާ ތަފާތެވެ.
ރާއްޖޭގައި ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް، ސުންނީ މުސްލިން ނޫން މީހުނަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެވޭގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެކަން ކުށްވެރިކޮށް އިދިކޮޅުގެ އެތައް ބަޔަކުވެސް އެކަމާ ދެކޮޅަށް ތަފާތު ބަޔާންތައް ނެރެފައިވާއިރު، ރައީސް ނަޝީދު އިނގިރޭސި ބަހުން ލިޔުނު ޓްވީޓްގައި، އިޔޫގެ އެ ބަޔާން ކުށްވެރިކޮށްލަން ވެސް އެންމެ ކުޑަމިނުން ނުކެރުނެވެ.
އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އީޔޫގެ 29 ހުށަހެޅުމެއްވާކަމަށާއި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ "ދީނީ މިނިވަންކަން ދިނުން ގަބޫލު ކުރަން ދިވެހިންނަށް އުނދަގޫ" ކަމަށެވެ.
ދީނީ މިނިވަންކަން ދިނުން ގަބޫލު ކުރަން ދިވެހިންނަށް އުނދަގޫވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ދިވެހިންނަށް އެފަދަ ކަންކަން ޤަބޫލުކުރަން "އުނދަގޫ" ވަނީއެއް ނޫނެވެ. އެކަމާ ހުރިހާ ދިވެހިން ދެކޮޅީއެވެ. އެހެނީ މިޤަމުގެ ފަޚުރަކީ އަދި ދިވެހިންގެ ޝަރަފަކީވެސް އިސްލާމް ދީނެވެ. އީޔޫގެ ހުށަހެޅުމަށް ނަޝީދު ދެކޮޅު ހައްދަވާފައެއް ނުވެއެވެ.
ނަޝީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ދީނީ މިނިވަންކަން ދިނުން ފިޔަވައި އީޔޫގެ ހުށަހެޅުންތަކުގެ ތެރޭގައި ދެން ހިމެނޭ ހުރިހާ ކަމެއް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.
އޭގެ ތެރޭގައި ތަރިކަ މުދާ ބެހުމުގައި އިސްލާމްދީނުގައި އަމަލުކުރާ ގޮތް ބަދަލު ކުރުމަށާއި ސުންނީ މުސްލިމުންނަށް އިންތިޚާބުތަކުގައި ވާދަކުރެވޭ ގޮތަށް އޮތްއޮތުން ބަދަލު ކުރުން ވެސް ހިމެނެއެވެ.
އިނގިރޭސި ބަހުން ޓްވީޓް ކުރުމުގެ ކުރިން ނަޝިދުވަނީ ލެޓިނުން ވެސް ޓްވީޓެއްކޮށްފައެވެ. އެޓްވީޓްގައި ބުނެފައިވަނީ، އީޔޫގެ ހުށަހެޅުންތަކުގެ ތެރޭގައި 22 ކަމެއް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ދިވެހިންނަށް ބަލައިނުގަނެވެނީ ޤާނޫނޫ އަސާސީއަށް ގެންނަން ބުނެފައިވާ ދީނުގެ މިނިވަންކަމުގެ ބަދަލު އެކަނި ކަމަށެވެ. އަދި އެނޫން އެހެން ހުރިހާ ކަމަކީ ދިވެހިން އިންތިހާއަށް އެދޭ ކަންކަމަށާއި އީޔޫގެ ބަޔާނަށް މަރުހަބާ ކިޔާ ކަމަށެވެ.
އީޔޫގެ ހުށަހެޅުންތައް ކުށްވެރިކުރަން ރައީސް ނަޝީދަށް ކެރިވަޑައި ނުގެންނެވިއިރު ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި އަބަދުވެސް އޮންނާނީ އިސްލާމްދީން ކަމަށާއި އިސްލާމްދީނާއި ހިލާފު އެއްވެސް ކަމެއް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.
ކޮންމެއަކަސް ކުރީގެ ރައީސް ނަޝީދު އެއްކަމަކާއި ގުޅިގެން ކުރި ދެ ޓްވީޓްގައި ހުރި ތަފާތު ބަލާލި ކޮންމެ ދިވެއްސަކަށް ވެސް، މިއަދު ކުރީގެ ހޯމް މިނިސްޓަރ ވިދާޅުވީ ތެދެއްކަން ހާމަ ވެގެން ދާނެކަން ޔަޤީނެވެ.
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވަނީ ރާއްޖެއަށް އެހެން ދީންތައް ގެންނަން އުޅެނީ ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން ކަމަށެވެ. މިއީ ހަމަ ހެޔޮ ވާހަކައެކެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ބަހާ ޢަމަލާ ދިމާ ނުވާ ބޭފުޅެއްކަން އަޅުގަނޑުމެން ހަނދާނެއް ނުނެތެއެވެ. ރައްޔިތުން ގުނބޯ ހައްދަން މަސައްކަތް ނުކުރާށެވެ. މަނިކުފާނުގެ ޙަގީގަތް އެންމެންނަށް ވެސް އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ