ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މާމާފުޅު ނިޔާވެއްޖެ

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މާމާފުޅު ހައްވާފާނު ނިޔާވެއްޖެއެވެ.
ހައްވާފާނު ނިޔާވި އިރު އުމުރުފުޅަކީ 88 އަހަރެވެ. ހައްވާފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
ހައްވާފާނަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ މުހައްމަދު ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާ ވަހީދުގެވެސް މާމާފުޅެވެ. ނައިބު ރައީސް އާއި އާފިޔާ އަކީ ދެބެއިންނެވެ.
ނައިބު ރައީސްގެ މާމާފުޅު ނިޔާވިއިރު ނައިބު ރައީސް މިވަގުތު ހުންނެވީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ