2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރެގެން ދިވެހިރާއްޖޭގެ ސުޕުރީމްކޯޓުން އެ އިންތިހާބު ބާތިލްކުރި އެވެ. އަދި އިންތިހާބު ބާތިލް ކުރުމަށްފަހު، އަލުން އިންތިހާބު ބޭއްވުމަށްޓަކައި 16 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ގައިޑް ލައިންއެއް ސުޕުރީމްކޯޓުގެ 2013/SC-C/42 ގަޟިއްޔާއިން ނެރުނެވެ. އިލެކްޝަންސް ކޮމިޝަނާއި، ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާއެއްގެ މައްޗަށް އަމަލު ކުރުން ލާޒިމްކޮށް ނެރުނު ގައިޑްލައިނަށް އޭގެ ފަހުން ބޭއްވި އިންތިހާބުތަކުގައިވެސް ވަނީ އަމަލުކޮށްފަ އެވެ.
ދެހާސްއަށާރަ ވަނަ އަހަރު ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އަޅުގަނޑުމެން ކުރިމަތިލާއިރު ސުޕުރީމްކޯޓުގެ ގައިޑްލައިންގައި ހިމެނޭ ބައެއް ކަންކަން ވަނީ ގާނޫނުތަކަށް ބަދަލުގެނެސް އެ ގާނޫނުތަކުގެ ތެރެއަށް ފައްތާފައެވެ. މި އަހަރުގެ އިންތިހާބުވެސް ބާއްވާނީ މި ގައިޑްލައިންއަށް ފެތޭގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ސްޕުރީމްކޯޓްގެ ގައިޑްލައިން
1) 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެެ ފުރަތަމަ ބުރު މިޤަޟިއްޔާގައި ދީފައިވާ ގައިޑްލައިންތަކާ އެއްގޮތްވާެ ގޮތުގެމަތިން މިހިނގާ 2013 ވަނަ އަހަރުގެެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާއި، ދައުލަތުގެެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމުތައްހަމަޖެއްސުން.
2) ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގެެދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ މިހިނގާ 2013 ވަނަ އަހަރުގެެ ނޮވެމްބަރެމަހުގެ3 ވަނަދުވަހުގެެކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އިންތިޚާބު ބޭއްވުން ކަށަވަރުކޮށްދޭ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަނާ ދައުލަތުގެެކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެންއިންތިޒާމުކުރުން.
3) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާ ހަމައަށް ދިވެހިރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރު ފުރިފައިވާ އެންމެންނަށް މި ޙުކުމުގައި ބުނެފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ އަސާސީ ޙައްޤު މިނިވަންކަމާއެކު ފުރިހަމައަށް ބޭނުންކުރެވޭނެކަން ކަށަވަރު ކުރެވޭގޮތަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުން.
4) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސްއަކީ، އުމުރުގެ ގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ކަނޑައެޅުމުގައި މައިގަނޑު މަސްދަރުކަމަށް ބަލައިގެން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ލިސްޓުކުރާއިރު އެލިސްޓުގައި އުމުރުން 18 އަހަރުފުރިފައިނުވާ ކުޑަކުދިންނާއި މަރުވެފައިވާ މީހުން ހިމެނިފައި ނުވާކަންކަށަވަރުކުރުން.
5) ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ހަމަޖެއްސޭ އިންތިޚާބީ ހުރިހައި ދާއިރާއެއްގައިވެސް ވޯޓުލެވެނީ ވޯޓުލާ މީހާގެ ނަމާއި ދާއިމީ އެޑްރެހާއި އައިޑެންޓިޓީ ކާޑު ނަންބަރު ހިމެނިފައިވާ އަދި އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ޞައްޙަކަމަށް އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެންމެ ފަހުގެ ލިސްޓަށް ކަމާއި،
އެނޫން އެހެން ލިސްޓެއް ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގައިވިޔަސް ވޯޓުލެވޭ އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭކަން ކަށަވަރުކުރުން.
6) ވޯޓުލާމީހުން ރަޖިސްޓަރީކުރުމަށް ކުރެވޭ އިޢުެލާނާ ގުޅިގެން ރަޖިސްޓަރީކުރާ ފަރާތްތައް، އެމީހުން ވޯޓުލުމަށް ހަމަޖެހިފައިވާ، ދާއިރާތަކަށް ބަހާލެވޭއިރު، އެމީހަކުރަޖިސްޓަރީ ކޮށްފައިވާ ދާއިރާ ނޫން ދާއިރާއަކަށް އެމީހެއްގެ ނަން ބަދަލުނުވާނޭކަން ކަށަވަރުކުރުމާއި އަދި އެދާއިރާއަކަށް ރަޖިސްޓަރީކޮށްފައިވާ މީހުން ފިޔަވައި އިތުރު އެއްވެސް ފަރާތެއްގެ ނަން އެ ދާއިރާއެއްގެ ލިސްޓުގައި ހިމެނިފައި ނެތްކަން ކަށަވަރުކުރުން.
7) މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގައި ކުރީއްސުރެ ހިމެނިފައިވާ ފަރާތްތަކަކީ މާލޭގެެ ރަށްވެހިންކަމަށް ޤާނޫނީގޮތުން ބެލެވޭތީ އާއި، ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމަށްޓަކައި މާލޭގެެވަކި އަވަށެއްގެ ނުވަތަ ވަކި ދާއިރާއެއްގައި ހިމެނޭ ގެއެއްގައި ރަޖިސްޓަރީކުރުމުގެެ ޙަޤީޤީ ބޭނުމެއް ނެތަތީ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުން ގޭގެއަށް ބަދަލުކޮށްފައިވާ ފަރާތްތައް ހިމެނޭގޮތަށް މާލޭމުނިސިޕަލްޓީގެެ ދަފްތަރުގައި ހިމެނޭ ހުރިހައި ފަރާތްތަކަށް ޚާއްޞަކުރެވޭ ވަކި ވޯޓު ފޮށިތަކަކަށް ވޯޓުލެވޭނޭ އިންތިޒާމު ހަމަޖައްސައި އެކަން ޢާންމުކޮށް އިޢުލާންކުރުން.
8) އެއްވެސް ޙާލެއްގައި އެކަކަށް ދެފަހަރު ވޯޓުނުލެވޭނެކަމާއި، ވޯޓުލުމަށްޓަކައި ކޮންމެެ މީހަކަށްވެސް ދޫކުރެވެނީ އެއް ކަރުދާސްކޮޅުކަން ކަށަވަރުކުރުމަށާއި، ވޯޓުލާ ހުރިހައި ދާއިރާއެއްގައި ތިބޭ އޮފިޝަލުންނަކީވެސް ސިޔާސީވަކި ފިކުރެއް ނުވަތަ ވަކި ކެންޑިޑޭޓަކަށް ތާޢީެދުކުރުމާއި ތަމްސީލުކުރުމުގެެ ތުހުމަތުން ސަލާމަތްކުރެވިފައިވާ ބައެއްކަން ކަށަވަރުކުމަށްޓަކައި، ހުރިހައި އޮފިޝަލުންނަކީވެސް ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެެ މަންދޫބުންނަށް އެނގިގެން ޢައްޔަންކުރެވޭ ބައެއްކަން ކަށަވަރުކުރުން.
9) އިންތިޚާބީ ކޮންމެ ދާއިރާއެއްގައިވެސް ވޯޓުލާ ނިމުމަށްފަހު އެދާއިރާއެއްގައި ކަންހިނގާދިޔަގޮތުގެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އޮޅުވާލުމެއްނެތި ހަޤީޤަތާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި އެ ރިޕޯޓު ތައްޔާރުކުރާ ވަގުތު ކުރީއްސުރެ އޮފިޝަލުންގެ ގޮތުގައި އެތަނުގައި ތިބުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ތަމްސީލުކުރާ ހުރިހައި ފަރާތްތައް ޙާޟިރުވެތިބުން ކަށަވަރުކުރުމާއި، އެދާއިރާއަށް ވޯޓުލާފައިނުވާ މީހެއްގެ ނަން ވޯޓުލާފައިވާ މީހެއްގެ ގޮތުގައި ފެންނަގޮތަށް ލިސްޓުން ކަނޑައި، ނުވަތަ މާކުކޮށްފައި ނުވާކަމާއި ވޯޓުލާފައިވާކަމަށް ލިސްޓުން ދައްކާ ޢަދަދަށްވުރެެ ގިނައިން ވޯޓުފޮށްޓަށް ވޯޓުލެވިފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި، އެެދާއިރާއަށް ވޯޓުލާފައިވާ މީހުންނަކީ ކުރީއްސުރެެއެ ދާއިރާއަށް ރަޖިސްޓަރީކުރުމާ ގުޅިގެން ވޯޓުލާ މީހުންގެެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް އެކަނިކަން ކަށަވުރުކުރުމަށްޓަކައި އެދާއިރާގެ ކަންހިނގައިދިޔަގޮތުގެ ރިޕޯޓު އެކުލަވާލާފައިވަނީ
ކެންޑިޑޭޓުންގެެ މަންދޫބުންގެެ ޙާޟިރުގައި ޙަޤީޤަތާއެއްގޮތަށްކަން ކަށަވަރުކުރުން.
10) ވޯޓުލުމަށްޓަކައި ނުވަތަ އެނޫން ގޮތަކުންވިޔަސް ވޯޓުލާ މަރުކަޒަށް ވަންނަ އެއްވެސް މީހަކު (އޮފިޝަލުން ހިމެނޭ ގޮތުން) ވޯޓުލާ މަރުކަޒަށް ފޯނާއި، އަތްދަބަހާއި، ފައިލްފަދަ ކެންޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަމެއް ލިބިދާނެކަމަކަށް ބެލެވޭ އެނޫންވެސް އެފަދަ ވަޞީލަތެއް (ގަލަން ފިޔަވައި) ވެއްދުމަކީ މަނާކަމެއްކަމަށް ހަމަޖެއްސުމާއެކު އެފަދަ ޢަމަލެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަށަވަރުކުރުން.
11) ކޮންމެ އިދާއިރާއެއްގައިވެސް އޮންނަ އެ ދާއިރާއަކަށް ވޯޓުލާންޖެހޭ މީހުންގެެ ލިސްޓާއި އެއްގޮތްކަން ކަށަވަރުކުރެވިފައިވާ ދެވަނަ ލިސްޓެއް ޢާންމުކޮށް ފެންނަން ހުންނާނޭގޮތަށް އެެ ދާއިރާއެއްގައި ބެހެއްޓިފައިވާކަން ކަށަވަރުކުރުން.
12) ދިވެހިރާއްޖޭ ގެެޤާނޫނުއަސާސީގެެދަށުން 2013 ވަނަ އަހަރުގެެއޮކްޓޯބަރެމަހުގެެ 20 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެފަދަ އިންތިޚާބަކާ އެކަށީގެންވާ ރައްކާތެރި ސަލާމަތީ ފީޗަރސް ހިމެނޭ ވޯޓުކަރުދާސް މުޅިން އަލުން ޗާޕުކުރުމާއި ވޯޓުކަރުދާސް ޗާޕުކުރުމުގައްޔާއި އެއް ތަނުން އަނެއް ތަނަށް ނުވަތަ އެއް ރަށުން އަނެއް ރަށަށް ނަޤުލު ކުރުމުގައްޔާއި ވޯޓުކަރުދާސް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައްޔާއި އަދި ވޯޓުލާ ނިމިގެން ވޯޓު ފޮށިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނާއި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާ ގުޅިގެން ބުނެވުނު ކަންކަމުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމުތައް ހަމަޖެއްސުން.
13) ވޯޓުލާން ދާ މީހުންނަށް ދޫކުރެވޭ އެންމެ ފަހުގެ ޓޯކަން ނަންބަރު ކޮންމެ 30 މިނިޓަކުން އެ ދާއިރާގައި ތިބޭ އެންމެންނަށް އެނގޭގޮތަށް އިޢުލާންކުރަމުން ގެންދިއުމާއެކު ކޮންމެެ މީހަކުވެސް ވޯޓުލާ ނިމުމުން އެމީހަކު ވޯޓުެލާފައިވާކަމަށް އެމީހެއްގެ ނަމާ ދިމާގައި މަރކް ކުރާއިރު އެމީހެއްގެ ނަމާ ދިމާވާގޮތަށް އެމީހަކަށް ދޫކުރެވުނު ޓޯކަން ނަންބަރު ކަމާބެހޭ އޮފިޝަލް ނޯޓުެ
ކުރަމުންދާކަމާއި އެއްވެސް މީހެއްގެ ނަމާ ދިމާލުގައި ދެފަހަރު މަރކްނުކުރެވޭ ކަމާއި، އަދި އެއް ނަމަކާ ދިމާވާގޮތަށް ދެެޓޯކަން ނަންބަރެއްވެސް ނޯޓު ނުކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ވަކިފަރާތަކަށް ބުރަނުވާ އޮފިޝަލަކު ހަމަޖެއްސުން.
14) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރުން ލާޒިމުވާގޮތަށް މި ޤަޟިއްޔާގައި ދީފައިވާ ގައިޑުލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ނުވަތަ އެހެނިހެން ފަރާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށްޓަކައި މި ޤަޟިއްޔާގައި ޙުކުމް ކުރާ ވަގުތުން ފެށިގެން
ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ގޮތްތަކެއް ކަނޑައެޅިގެންދާކަން ކަށަވަރުކޮށްދޭ އިންތިޒާމްތައް ހަމަޖެއްސުން.
15) ވޯޓު ލުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ނަން އެފަރާތަށް އެނގުމަކާ ނުލައި، އެހެން ދާއިރާއަކަށް ޤަވާޢިދާއި ޚިލާފަށް ބަދަލުކޮށްލުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި، ރީ-ރަޖިސްޓަރީކުރަން އަދި އެހެން ފަރާތެއް މެދުވެރިކޮށް ހުށަހަޅާ ފޯމުގައި އެކަމަށް އެދޭފަރާތާއި، ފޯމު ހުށަހަޅާ ފަރާތުގެ އިތުރުން އެކަމަށް ހެކިދޭ ދެ ހެކިންގެ ނަމާއި، އެޑްރެހާއި އައިޑެންޓިޓީ ކާޑު
ނަންބަރާއި، ފިންގަރެޕްރިންޓް ހިމެނިފައިނުވާ އެއްވެސް ފޯމެއް އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށް، އެ މައްޗަށް ޢަމަލުކުރަމުން ނުގެންދާކަން ކަށަވަރުކުރުމަށްޓަކައި ރީ-ރަޖިސްޓަރ ކުރެވޭ ފަރާތްތަކާއި، އެެފަރާތްތަށް އަލުން ރަޖިސްޓްރީ ދާއިރާއާއި، ނަމާއި، އެޑްރެހާއި، އައިޑީކާޑު ނަންބަރު އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިސްޓެއް އާންމުކޮށް އެނގޭގޮތަށް އިއުލާން ކުރުން.
16) އިލެކްޝަންސް ކޮމިޝަންގެ ސާވާއާއި ޑާޓާބޭސްއަށް ގަވައިދުން އެކްސެސް ލިބެންނުޖެހޭ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ގިނަ ފަރާތްތަކަކަށް، އެކްސެސް ލިބެން ހުރިކަން އިސްވެ ހަވާލާދެވުނު އެކްސްޕާޓް ރިޕޯޓުން އެނގެން އޮންނާތީ، އިލެކްޝަންސް ކޮމިޝަަނުގެ ސާވާއާއި، ޑާޓާ ބޭސްއާއި މުޅި އައިޓީ ނިޒާމަކީ، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށްޓަކައި، ނޭޝަނަލް ސެންޓަފޯ އިންފޯމޭޝަން، ޓެކެނޮލޮޖީއާއި، ދައުލަތުގެ ކަމާއިބެހޭ އެހެނިހެން، ފަރާތްތަކުގެ ތަޖުރިބާކާރުންގެ ޕޮރޮފެޝަނަލް އޮޕީނިއަންއާއި އެއްގޮތްވާގޮތުގެ މަތިން އިސްލާހުކޮށް ރަނގަޅުކުރުން.
އިންތިހާބަށް ދުވަހެއް: ސުޕްރީމް ކޯޓުގެ ގައިޑްލައިން އަލުން ބަލާލާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ