ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލައި ނަން ތަރުތީބުކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އެންމެ ފުރަތަމަ ނިންމާފައިވަނީ މެއިމަހުގެ 14 ވަނަ ދުވަހުއެވެ.
ނަމަވެސް، އެދުވަހު އެމްޑީޕީގެ އެތެރޭގެ ބޮޑު އިންތިޚާބެއް ބާއްވަން ނިންމާފައިވާތީ އެ ދުވަހު އިންތިޚާބު ބާއްވައިފިނަމަ އިދާރީގޮތުން ދަތިތަކެއް ކުރިމަތި ވެދާނެތީ އިލެކްޝަނުން ވަނީ މެއިމަހުގެ 16 ވަނަ ދުވަހަށް އިންތިޚާބު ފަސްކޮށްފައެވެ.
އިންތިޙާބަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ދާދިފަހުން "ވީނިއުސް" އަށް ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއްށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެމްބަރު އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.
ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގެ ގުރުއަތުނެގުން އަންނަ ހޮނިހިރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ