މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނެފައިވަނީ ދިވާމި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ކަރަންޓު ކެނޑިފައިވާކަމަށެވެ. އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމުގައި ސްޓެލްކޯއިން ބުންޏެވެ. އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. މިހާރު މާލެއާއި ހުޅުމާލެއަށް ކަރަންޓު ދެމުން ގެންދަނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނު ގެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ