ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އައްޑޫ ސީޓީގައި ކުރުމަށް ރާވާފައިވާ ކަންކަން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ އެރައިސް މަޝްރޫއުގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުއެއް ފެށުމައް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރީން ވަނީ ބުނެފައެވެ.
އަދި މި މަޝްރޫއުގައި ހިމެނޭ 15 ރަށުގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފައެވެ. މިނިސްޓްރީ ފަށާފައިވާ އެރައިސް މަޝްރޫއުއަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމު، އަވިން ހަކަތަ އުފައްދާ ނިޒާމަށް ބަދަލުކުރުމަށް ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ.
މި ޕްރޮޖްކްޓްގެ ދަށުން އައްޑޫ ގައި މިހާރު ފަށަން ނިންމާފައިވާ ކަންކަން މިނިސްޓަރީން ވަނީ ހާމަކޮށްފައެވެ. އަދި މިނިސްޓްރީން ބުނީ މި މަސައްކަތަކީ، އަވިން ހަކަތަ އުފައްދާ ނިޒާމަށް ބޭނުންވާ ފެންވަރަށް އިންޖީނުގެތައް ގެނައުމަށް ފެށި މަސައްކަތެއްކަމަށެވެ.
ވޯލްޑް ބޭންކުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުގެ އެހީގައި ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
އެރައިސް މަޝްރޫއިން ދަނީ ރާއްޖޭގެ އެކިރަށްތަކުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް މަސައްކަތްކުރަމުންނެވެ.
ކޮންމެ ރަށެއްގެ ކަރަންޓު ވިއުގަ ޑިޒައިން ކުރުމުގައި އެރަށެއްގައި ގާއިމުކުރުމަށް ރާވާފައިވާ ސޯލާ ހަކަތައިގެ ކެޕޭސިޓީ އަދި ކުރިއަށް އޮތް 10 ނުވަތަ 15 އަހަރުގެ ކަރަންޓުގެ ޑިމާންޑް ޕްރޮޖެކްޝަންސްތަކަށް ބަލައި ތަފްސީލީ ދިރާސާތަކެއްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިމަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮތް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް ގިނަ ރަށްތަކުގައި ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
އައްޑޫ ސިޓީގެ ގުޅިގައިވާ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ