ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވިނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިކަން ހާމަކޮށް ނެރެފައިވާ ބުނެފައިވަަނީ ހުޅުމާލެ ދެ ވަނަ ފޭސްގައި ގާއިމްކުރަމުންދާ ކަރަންޓު ނެޓްވޯކަކީ އެ ކުންފުނިން، ބްރައުންސް-ސީއެމްއީސީއަށް ކޮންޓެރެކްޓް އުސޫލުން ހަވާލުކޮށް ސްޓެލްކޯގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލައިފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށެވެ. ސްޓެލްކޯއިން މިހާރު ކުރަމުންދަނީ އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިން ބަލައިފާސް ކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތް ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން މިހާރު ވަނީ ކަަރަންޓް ފޯރުކޮށްދީފައެވެ.
މި މަޝްރޫއުގެ ދަށުން މިވަގުތު ކުރަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ޕްރޮޖެކްޓެއް ކަމަށްވާ ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމަށްޓަކައި އެ ކޯޕަރޭޝަނުން ހަރަދުކޮށްގެން ސްޓެލްކޯ އާއި ބްރައުންސް ސީއެމްއީީސީއާ ހަވާލުކޮށްގެން ކަރަންޓް ނެޓްވޯކް ގާއިމުކުރެވިފައިވާނެ ކަމަށެވެ.
އެޗްޑީސީން ބުނީ، ކަރަންޓު ފޯރުކޮށް ދިނުމަށް އެޗްޑީސީން ކުރިއަށް ގެންދާ މަޝްރޫއުގައި ހުރި ދަތިތަކާ ހެދި ސަރުކާރު ކުންފުނިތަކަށް ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ލަސްވެފައިވީ ނަމަވެސް، އެ ފްލެޓުތަކަށް ސެފްޓެމްބަރު މަހު ކަރަންޓު ދެވޭނެ ކަމަށެވެ.
ކުރީ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ތެރެއިން ސަރުކާރު ކުންފުނިތަކަށް ފްލެޓު އިމާރާތް ކުރުމަށް ބިން ދޫކޮށްފައިވާ އިރު، ސްޓެލްކޯ އާއި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ވަނީ ފްލެޓު އިމާރާތްކޮށްފައެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ފްލެޓްތަކަށް ސެޕްޓެމްބަރު މަހު ކަރަންޓު ދެވޭނެ: އެޗްޑީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ