ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް މިރޭ ކުރެވުނު ހުކުމާއި ގުޅިގެން ގާސިމް މިރެއިން މިރެއަށް ހޮސްޕިޓަލުން ޖަލަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރައީސް ޔާމީން އެންގެވި ނަމަވެސް ގާސިމް ގޮސްޕިޓަލުގައި އޮންނަ ވަނިކޮށް ޖަލަށް ބަދަލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ. އަދި ގާސިމްގެ މައްޗަށް ކޮސްފައިވަނީ އިންސާފުވެރި ހުކުމެއް ނޫންކަމަށާއި ގާސިމްގެ ހާލު ރަނގަޅު ވަންދެން ގާސިމް ޖަލަށް ބަދަލު ނުކޮށް ތިބުމަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.
އަދި ގާސިމްގެ މައްޗަށް ކޮށްފައިވަނީ އަނިޔާވެރި ހުކުމެއް ކަމަށާއި އަނިޔާވެރިންނަށް އެކަމާއި ކޮންމެވެސް ދުވަހަކު ކުރިމަތިލާން ޖެހޭނެ ކަމަށާއި މި އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެ މަސައްކަތް ކުރަން ޖެހޭކަމަށްވެސް ސަމީރު ވިދާޅު ވިއެވެ.
އަދި ގާސިމްގެ ހާލުކޮޅު އަވަހަށް ރަނގަޅު ވޭތޯއާއި ގާސިމަށް ލިބޭ އަނިޔާތަކުން މިންޖުކޮށް ދެއްވުމަށް އެދި ކެތްތެރިކަމާއި އެކު ދުއާ ކޮށްދިނުމަށް އިލްތިމާސް ކުރައްވާކަމަށް ސަމީރު ވިދާޅުވިއެވެ.
ހިތްޕުޅުގެ އާލާސް ކަންފުޅެއްގައި އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް މިރޭވަނީ ގާސިމް ގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
ގާސިމް މިރޭން މިރެއަށް ޖަލަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވާހަކަ ދެކެވުނު ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ގާސިމް މިރޭ ހޮސްޕިޓަލުން ޖަލަށް ބަދަލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ