ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރާނީ ތަފާތު ބޮޑުކޮށް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމްއިން ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫ މީދޫ އަދި ފުއައްމުލަކަށް ދެވޭ ގޮތް ހެދީ މިސަރުކާރުން ކަމަށާއި އެކަންތައް ރަސްމީކޮށް ކޮށްދިނީ މިސަރުކާރުން ކަމަށެވެ.
މި ސަރުކާރުން ޓޫރިޒަމަށް ކޮށްދޭ އެންމެ ބޮޑު ކަމަކީ މުޅި ރަށުގައި ފެނާއިި ނަރުމަދާގެ ހިދުމަތް ގާއިމް ކުރުން ކަމަށާއި މީ އެހެން ރައްރައް ފަދައިން 2 މިލިއަން ނުވަތަ 10 މިލިއަން ރުފިޔާއަށް ވާނެ ކަންތައްތަކެއް ނޫންކަމަށް އައިބީ ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ މަޝްރޫތަކަށް 400-500 މިލިއަން ހަރަދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތް ކޮށް އައިބީ ވިދާޅުވީ މިފަދަ ބައްދަލުވުން ބާއްވާ އަޑުގަދަ ކުރަން ޖެހެނީ މަދު ބަޔަކު ތަންތަނަށް އެއްވެފައި އަޑުގަދަ ކުރާތީ ކަމަށް ކަމަށެވެ.
ހިތަދޫ ޒުވާނުންގެ މަރުކަޒް ސަރަހައްދުގައި ކުރިއަށްދާ މިޖަލްސާގައި ވާހަކަ ދައްކަމުން މާލޭގައި އަޅާ ބްރިޖް އަޅަނީ އައްޑޫ ރައްޔިތުންނައްޓަކައި ކަމަށް ވެސް އައިބީ ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ކުރާ ތާއީދު ދަނީ ދުވަހެއް ދުވަހަކުން އިތުރު ވަމުން ކަމަށާއި އަދި 2018ގެ އިންތިހާބު ކާމިޔާބު ކުރާނީ ތަފާތު ބޮޑު ކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކޮން ކައުންސިލް އިންތިހާބެއްތޯ؟ އެއީ އެއް އާއިލާ އަނެއް އާއިލާ އައް ދެއްވާ ވޯޓެއް. އެއީ ރައީސް ޔާމީނަށް ދެއްވި ވޯޓެއް ނޫން." ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ނިސްބަތް ކޮށް ވިދާޅުވިއެވެ.
މި ހަފްތާ ބަންދުގައި ޕީޕީއެމްގެ ހަރަކާތްތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މިއީ ރައީސް އަބްދުﷲ ޔާމީނާއެކު ރައްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެއް ކަމަށް ޕީޕީއެމްއިން ހާމަކުރެއެވެ.
ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރާނީ ތަފާތު ބޮޑުކޮށް - މެމްބަރު އައިބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ