އަމީތާއި ވަހީދު ދޫކޮށްލުމަށް މައުމޫން ގޮވާލައްވައިފި

މަޑުއްވަރީ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު ވަހީދު އިބްރާހީމް ވަގުތުން މިނިވަން ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. Free MP @Lawyer_Waddey and MP @MohamedAmeeth. They have been unlawfully arrested.— Maumoon Abdul Gayoom (@maumoonagayoom) July 24, 2017
އަމިތާއި ވަހީދު ހައްޔަރުކޮށްފައިވަނީ މަޖިލީހުގައި ތިއްބަވަނިކޮށް ގަދަ ކަމުން ނެރުމަށްފަހު މަޖިލިސް ކުރާ ގޭގެ ބޭރުންނެވެ. އަމިތާއި ވަހީދުގެ އިތުރުން ތިނަދޫ އުތުރު މެންބަރުގެ ގޮތުގައި ހުންނެވި ސައުދުﷲ ހިލްމީ ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައިވެއެވެ.
އެސްއޯ ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް މިއަދު ވަދެފައިވާ އިރު ފުލުހުން ބުނީ އެސްއޯ ފުލުހުން ވަނީ ސިފައިންގެ އެދުމުގެ މަތިން ކަމަށެވެ. Rayyithunge Majlis ah fuluhun vadhefaivany Majlis memberun noon gothugai Majlihun kada alhaafaiva memberun 1/2— Maldives Police (@PoliceMv) July 24, 2017Majlihah vadhefaivaathy e memberun nerumah sifain fuluhunge kibain eheetheri kamah edhumun kamah dhannavan. 2/2— Maldives Police (@PoliceMv) July 24, 2017
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ