މިއަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވަރަށް ކުރީގެ ހަނދާނެއް އެމަނިކުފާނަށް އާވެގެން ދިޔަ ދުވަހެކެވެ. އެމަނިކުފާނު މިއަދު ހެނދުނު ފެއްޓެވީ ލަންޑަނުގައި ދިން ހަމަލާ ކުށްވެރިކޮށް ކުރެއްވި ޓްވީޓާއެކުއެވެ. ދެވަނައަށް އެމަނިކުފާނު ކުރެއްވި ޓްވީޓާއެކު ސޯޝަލް މީޑިއާ ކައްކުވާލިއެވެ.
ރައީސް މައުމޫންގެ އެ ޓްވީޓުގައި ވިދާޅުވީ މިއަދަކީ 50 އަހަރު ކުރިން ފައިމަގުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިނގަން ޖެހުނު ދުވަސް ކަމުގައެވެ. Meege 50 aharu kurin miadhakee (5/6/67 akee) alhugan'du fai magugai medhu nuken'di emme gina iru hin'gan jehunu dhuvas. 1/2— Maumoon Abdul Gayoom (@maumoonagayoom) June 5, 2017
ރައީސް މައުމޫންގެ އެ ސުވާލާއެކު އެހާ ދިގު ހިނގުމެއް ރައީސް މައުމޫން ހިންގެވީ ކީއްވެގެންތޯއާއި ކޮންތާކުތޯ އެތައް ބަޔަކު ސުވާލު ކުރަން ފެށިއެވެ.
އެ ސުވާލުތަކަށް ރައީސް މައުމޫން އިރުކޮޅެއް ފަހުން ޓްވިޓަ މެދުވެރިކޮށް ޖަވާބު އެރުވިއެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި 1967 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނު ހުއްޓާ ނުލާ ހަތް ގަޑިއިރު ހިންގެވިއެވެ. އެއީ 14 ކިލޯމީޓަރުގެ ދިގު ހިނގުމެކެވެ. Edhuvahu medhu nuken'di 7 gadi iru fai magugai hin'gan jehunu. 14 kilometre ge dhigu hin'gumeh..— Maumoon Abdul Gayoom (@maumoonagayoom) June 5, 2017
ރައީސް މައުމޫން ވިދާޅުވެފައިވާ ގޮތުގައި އެ ހިނގުން ހިންގެވީ އިޒްރާއީލުން މިސްރަށް ހަމަލާ ދިނުމާއި ގުޅިގެން ގާހިރާގައި ތިބި ރާއްޖޭގެ ދަރިވަރުންގެ ހާލު ބެއްލެވުމަށެވެ. Misurah Israaeelu hamala dhinumaa eku qaahiraage transport huttumakah aumun dhivehi thaalibaa inge haalu belumah hin'gaa fai dhiyaee.— Maumoon Abdul Gayoom (@maumoonagayoom) June 5, 2017
އޭރު ރައީސް މައުމޫން ހުންނެވީ މިސްރުގައި ކިޔަވާ ވިދާޅުވުމަށެވެ.
މިއަދަކީ ހުއްޓާ ނުލާ ރައީސް މައުމޫން ފައިމަގުގައި ހަތް ގަޑިއިރު ހިންގެވި ދުވަސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ