އެމްޑީޕީގެ މަސައްކަތައް ކާމިޔާބީއަށް އެދެން – މައުމޫން

އެމްޑީޕީ އިން ކުރަމުން އަންނަ އިސްލާހީ މަސައްކަތައް ކާމިޔާބީއަށް ދެކޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި އެމަނިކުފާނުގެ އިސްނެންގުމާއެކު އެކުލަވައިލި އިސްލާހީ އެޖެންޑާގެ ދަށުން އެންމެ ފުރަތަމަ އުފެއްދި ޕާޓީގެ ލީޑަޝިޕާއި ހުރިހާ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް މައުމޫން އެމްޑީޕީ އަށް ފޮނުވާފައި ވާއިރު ރައީސް މައުމޫން އާއި އެމްޑީޕީ އާއި ދެމެދު އޮންނަ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައެވެ. ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަން ރައީސް މައުމޫން ވަނީ މިހާރު އެމްޑީޕީ ވެސް ހިމެނޭ ގޮތައް އިދިކޮޅު ފަރާތްތަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ތިން މަހެއްހާ ދުވަހު އިންޑިއާގައި ހުންނެވުމަށް ފަހު ރައީސް މައުމޫން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގެންނެވީ ވެސް އެމްޑީޕީގެ ނައިބު ރައީސް އާއި އެމްޑީޕީގެ މަޖިލިސް މެންބަރުންނެވެ. އަދި ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް ރައީސް މައުމޫން މާލެ ވަޑައިގަތުމުން މަރުޙަބާ ދެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ