އިރާނުގެ ރައްޔިތުން މިއަހަރު ހައްޖަށް ދިއުން ހުއްޓުވަން އީރާނު ސަރުކާރުން ކުރި މަސައްކަތް ފެއިލްވެއްޖެއެވެ. އެކި ޤައުމުުތަކުގައި ތިބި އީރާނުގެ އެތައް ހާސް ރައްޔިތުންނާއި އަދި ހައްޖަށް ދިއުމަށްޓަކައި އެހެން ގޮސްގެންގެންވެސް އެތައް ހާސް އީރާނުގެ ރައްޔިތުން ހައްޖުވެއްޖެއެވެ.
ހައްޖުވީ އެންމެންވެސް ވަނީ ސައުދިއަރަބިޔާއިން ހައްޖުވެރިންނަށް އަދާކުރި މެހްމާންދާރީއަށާއި ހައްޖުވެރިންނަށްޓަކައި ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް ސައުދީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފްކޮށްފައެވެ.
ޙައްޖުވުމަކީ އިސްލާމް ދިނުގެ މަތިވެރި ރުކުނަކަށްވުމުން ހައްޖުވުމަކީ ސިޔާސީ ކަމަކަށް ނުހެދުމަށް ސައުދީ ސަރުކާރުން ވަނީ ތަކުރާރުކޮށް އީރާނު ސަރުކާރަށް ގޮވާލައިފައެވެ. އެހެންކަމާއިއެކުވެސް އީރާނުން ވަނީ އެކަން ބަލައި ނުގެން ތަފާތު ބަހަނާތައް ކުރިމަތިކޮށްފައެވެ.
ހައްކުގައި ހަމަނުޖެހުން ހިންގުމަށްޓަކައި އިރާޤް މެދުވެރިކޮށް ޓެރަރިސްޓު ޖަމާއަތްތަކުގެ މީހުން ސައުދިއރަބިޔާއަށް ފޮނުވަން އީރާނޫން އުޅުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
ޙައްޖަށް ދިއުން އީރާނަކަށް ނުހުއްޓުވުނު: އެތައް ހާސް އީރާނު ރައްޔިތުން ހައްޖުވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ