މާލެ ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ޑިޒައިންކުރާނެ ބަޔަކު ހޯދަނީ

މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ނިޒާމު އެއް ވިއުގައަކުން ގުޅުވާލުމަށް ބޭނުންވާ ތައްޔާރީތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އިއުލާން ކޮށްފި އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން ބުނީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް މާލެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް މާލޭގެ ކަރަންޓު ވިއުގަ ޒަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކޮންސަލްޓެންސީގެ ދަށުން މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް ބޭނުންވާ އިންޓަކަނެކްޝަން ކޭބަލްގެ ޑިޒައިންގެ ތަފްސީލާއި، ބިޑިން ޑޮކިއުމަންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ހިންގުމަށް ޕްރޮޖެކްޓުގެ ޑީޓެއިލްޑް ޑިޒައިނާއި ޓެންޑާ ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓެންޓުން ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާނެ ކަމަށެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނާއި އެއްގޮތަށް އެ މަސައްކަތަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 21 ނިޔަލަށް ހުޅުވާލެވިފައިވެ އެވެ.
މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖްގެ ތެރެއިން ހައިވޯލްޓޭޖް ކޭބަލް އަޅައިގެން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ