އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ދުވަހު މުސްލިމުން ވޯޓުގައި ބައިވެރިނުވުމަށް އިސްލާމިކް ސްޓޭޓް ޓެރަރިސްޓު ޖަމާޢަތުން ގޮވާލައިފައިވާ ކަމަށާއި އަދި އެދުވަހު ވޯޓުލާން ނުކުންނަ މީހުން "ކަތިލާނެ" ކަމުގެ އިންޒާރު އެޖަމާޢަތުން ދީފައިވާކަމަށް އެމެރިކާގައި ޓެރަރިސްޓް ހަރަކާތްތައް ބަލާ ގުރޫޕަކުން ބުނެފިއެވެ.
ޓްވިޓާގައި އެސްއައިިޓީއީ އިންޓަލިޖަންސް ގްރޫޕްގެ ޑައިރެކްޓަރު ހާމަކޮށްފައިވާ ގޮތުން އައިއެސްގެ އަލްހަޔާތު މީޑިއާ އިން ވަނީ "ވޯޓު ލާން ނުކުންނަ ފަރާތްތައް ކަތިލައި އަދި ވޯޓް ފޮށިތައް ތަޅައިލާނެ" ކަމުގެ އިންޒާރު ދީފައެވެ. މި އިންތިޚާބަކީ "މުރުތައްދު އިންތިޚާބެއް" ކަމަށް ބުނެ ނެރެފައިވާ ބަޔާނަކީ ހަތް ސަހުފާގެ ދިގު ބަޔާނެއް ކަމަށް އެމެރިކާގެ ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ.
ބަޔާނުގައި ހުރި ވާހަތަކުގެ ތެރޭގައި މިފަދަ ހަމަލާއެއް ދިނުމުގައި ދީނީ އެއްވެސް ހުރަހެއް ނެތްކަމަށް ބުނެ އެމީހުންގެ ހަމަލާތައް ދީނީގޮތުން "ދިފާއު" ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެއެވެ. އަދި ބުނެފައިވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ ޕޮލިސީ ތަށްވެސް ހުރީ މުސްލިމުންނާއި ދެކޮޅަށް ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އަލްޤައިދާ އިންވެސް ހަމަލާތަކެއް ރާވަމުންދާ ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އަދި އެކަންތަކާއި ގުޅިގެން ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ހޯމްލޭންޑް ސެކިއުރިޓީ އާއި ކައުންޓަރ ޓެރަރިޒަމް އިން ދަނީ ކުރަމުންނެވެ.
ވޯޓުލާ ދުވަހު އެމެރިކާގެ ރައްޔިތުން "ކަތިލާނެ" ކަމަށް އައިއެސް އިން ބުނެފި: އެމެރިކާގެ ޓެރަރިސްޓް މޮނިޓަރިންގް ގްރޫޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ