ފަރީދިއްޔާ ސްކޫލް، އިންޓަރނޭޝަނަލް ސްކޫލެއްގެ ގޮތުގަ ހިންގަން ކޮލިޓެކް އާ ހަވާކޮށްފި

ހުޅުމާލޭ ފަރީދިއްޔާ ސްކޫލް، އިންޓަރނޭޝަނަލް ސްކޫލެއްގެ ގޮތުގަ ހިންގަން ކޮލިޓެކް އާ ހަވާކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ ޑރ. ޢަބްދުލްމުޙްޞިން ވިދާޅުވީ މި ބަދަލުގެ ސަބަބުން އެ ސްކޫލުގައި މިހާރު ތިބި ދަރިވަރުންގެ ކިޔެވުމަށް އުނިކަމެއް ނުއަންނާނެ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮލިޓެކްގެ ފަރާތުން ބުނީ އެސްކޫލް ހިންގާނީ ލަންކާގެ ގޭޓްވޭ ސްކޫލާއި ގުޅިގެން އެ ސްކޫލްގެ ނަމުގައި ކަމަށެވެ. އަދި ސްކޫލް ހިންގާނީ އިސްލާމީ ވަންތަ ސްކޫލެއްގެ ގޮތުގައި ކަމަށެވެ.
ގޭޓްވޭ ސްކޫލުގެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެވަޑައިގަންނަވާނެ ކަމަށާއި މާލެ ވަޑައިގަތުމުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ކޮލިޓެކް އިން ވަނީ ބުނެފައެވެ.
މި ސްކޫލް މިހައިތަނަށް ހިންގަމުން ދިއައީ ލާލޭ ސްކޫލުގެ ނަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ