މަންމަ ހިތުގަ ޖައްސުވަން އަހަރު ނުވާ ތުއްތު ދަރިފުޅަށް އަނިޔާކުރާ ވީޑިއޯ ފޮނުވި ބައްޕަ ޖަލަށް!

ސައުދިއަރަބިޔާގެ ފިރިހެނަކު އޭނާގެ ދަރިފުޅުގެ މަންމަގެ ހިތުގައި ޖައްސުވަން ވެގެން އަހަރު ނުވާ ތުއްތު ދަރިފުޅަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް ފޮނުވުން ދަރިފުޅު އަތުލައި ޖަލަށް ލައިފިއެވެ.
23 އަހަރުގެ ނަރީމާން ބުނީ އޭނާ އަކީ ސީރިޔާ ރައްޔިތެއް ކަމަށާއި 28 އަހަރުގެ ސައުދީ ފިރިހެނަކާ ކައިވެނިކުރީ ޝަރުޠުތަކަކާއިވެސް އެކުގައި ކަމަށެވެ. އެއިގެ ތެރެއިން އެއް ޝަރުޠަކީ އޭނާގެ ކުށެއް ނެތި ވަރިކުރާނަމަ 100،000 ރިޔާލަ ދިނުން ކަމަށެވެ.
ނަރީމާން ބުނީ ހުރިހައި ކަންކަމަށް ޢާއިލާގެ ކުރިމަތީގައި އެއްބަސްވެ، ކައިވެނިކުރުމަށްފަހު ކައިވެނީގެ އެއްބަސްވުން ކޯޓުގައި ރަޖިސްޓްރީ ނުކުރާ ކަމަށެވެ. އަދި ކައިވެންޏަށް 4 އަހަރުގައި ދަރިއަކު ލިބުމުން ވެސް ފިރިމީހާ ދިއައީ ކައިވެނި ރަޖިސްޓްރީކުރަން ދެކޮޅު ހަދަމުން ކަމަށެވެ.
"އޭނާއަކީ އެއްވެސް އަމަލެއްގަ ތެދުވެރިއެއް ނޫން. އެހެންވެ ކެތް ނުކުރެވިގެން ޢައިލާގެ ރުހުމާއިއެކު އަހަރެން ވަރިވީ، ވަރިވީމާ އޭނާ ތުއްތު ދަރިފުޅު ދިނުމަށް ދެކޮޅު ހަދައި ހިފެހެއްޓީ. ދެން ކުރާ ކަމަކީ ދޭތެދޭތެރެއިން ދަރިފުޅުގައިގައި ތަލާ އަނިޔާކުރާތަން ވީޑިއޯ ކޮށްފަ ފޮނުވަނީ."
ނަރީމާން ބުނީ ދަރިފުޅަށް އަނިޔާކުރާ ވީޑިއޯ ކްލިޕެއް މީޑިއާއަށް ހާމަކުރީ އެކަމަށް ކެތް ނުކުރެވިގެން ކަމަށެވެ. ދަރިފުޅު އެހާލަތުން ސަލާމަތްކުރަން މަޖުބޫރުވެގެން ކަމަށެވެ.
ނަރީމާން ހާމަކުރި ވީޑިއޯ ކްލިޕަށް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެން ފެށުމުން ފުލުހުން ވަނީ ފިރިހެން މިހާ ހޯދައި ހައްޔަރުކޮށްފައެވެ. އަދި ދަރިފުޅު އަތުލައި މަންމަ އާއި ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ