އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް: ފ. އަތޮޅު މަދަރުސާ ވިދާލައިފި

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 2019 ގައި ތިން އުމުރުފުރާއަކުން ފ. އަތޮޅު މަދަރުސާ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފ. އަތޮޅު މަދަރުސާ ޗެމްޕިއަންކަން ހޯދި އުމުރުފުރާތަކަކީ 14 އަހަރުން ދަށުގެ އަންހެން ބަޔާއި، ފިރިހެން ބައިގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން ބަޔެވެ.
14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާ ހޯދީ ފައިނަލް މެޗުގައި ބ. ގޮއިދޫ ސްކޫލާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 26-24 އިން ގޮއިދޫ ސްކޫލުން ގެންދިޔަ ނަމަވެސް، ފ. އަތޮޅު މަދަރުސާއިން ވަނީ ދެވަނަ ސެޓު 25-8 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ތިންވަނަ ސެޓު 26-24 އިން ގޮއިދޫ ސްކޫލުން ގެންދިޔަ ނަމަވެސް، ފ. އަތޮޅު މަދަރުސާއިން ވަނީ ފަހު ދެ ސެޓު 25-19 އަދި 15-10 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.
14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާ ހޯދީ ފައިނަލް މެޗުގައި ވ. ކެޔޮދޫ ސްކޫލް އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-22 އިން ފ. އަތޮޅު މަދަރުސާއިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު 25-19 އިން ގެންދިޔައީ ކެޔޮދޫ ސްކޫލުންނެވެ. އެކަމަކު އަނެއް ދެ ސެޓު 25-19 އަދި 25-22 އިން ކާމިޔާބުކޮށް ފ. އަތޮޅު މަދަރުސާއިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
މީގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާ ހޯދީ ފައިނަލް މެޗުގައި ކެޔޮދޫ ސްކޫލް އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 26-24 އިން ކާމިޔާބުކުރީ ކެޔޮދޫ ސްކޫލުންނެވެ. އެކަމަކު އެނެއް ތިން ސެޓު 25-15، 25-18 އަދި 25-20 އިން ކާމިޔާބުކޮށް ފ. އަތޮޅު މަދަރުސާއިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ