ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
ރައީސް ނަޝީދު އިއްޔެ ރާއްޖެ ވަޑައިގަތުމަށްފަހު އައްޑޫ އަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މާދަމާގެ ވަގުތެއްގަ އެވެ. ނަމަވެސް މިދަތުރުފުޅު މިހާރު ވަނީ މިމަހުގެ ނުވަވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދުގެ އައްޑޫ ދަތުރުފުޅު ފަސްކުރެއްވީ ދެކުނުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ.
ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އައްޑޫގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މިދަތުރަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ރައީސް ނަޝީދު ތިން އަހަރެއްހާ ދުވަހު ގައުމުން ބޭރުގައި ހުންނެވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެން ހުންނަވާނީ މާލޭގައި ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވެސް ވަނީ ވިދާޅުވެފަ އެވެ.
މޫސުން ގޯސްވުމުން ރައީސް ނަޝީދުގެ އައްޑޫ ދަތުރުފުޅު ފަސްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ