މާލެއިންނާއި ހުޅުމާލޭގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލެ އިންނާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ދެންމެ ކަރަންޓު ކެނޑިއްޖެއެވެ.ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން މުޅި މާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދެމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެނގިފައިވާ ގޮތުގައި ހުޅުމާލޭގެ ބައެއް ހިސާބުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.މީގެ މަހެއްހާ ދުވަސް ކުރިން ވެސް މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑުނެވެ. އެ ފަހަރު ވެސް ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ