އީރާނުގެ ގައުމީ ސަލާމަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވުމުން، އެމެރިކާއާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވީ ސީދާ އަމިއްލަފުޅަށް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި ކުރީގެ ރޫހީ ލީޑަރު އަދި މުޖުތަބާގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން ދެއްވި ފުރަތަމަ ރައްދެވެ.
މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް ސޮއިކުރެއްވި މި އެއްބަސްވުމާ ބެހޭގޮތުން މުޖުތަބާ ވިދާޅުވީ، ޓްރަމްޕް މި އެއްބަސްވުން ގާއިމުކުރީ ހުރިހާ ބާރެއް ބޭނުންކޮށްގެންވެސް ކާމިޔާބެއް ނުލިބުމުން މާޔޫސްވެފައިވާ ހާލަތެއްގައި ހުރެގެން ކަމަށެވެ.
އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ދީނީ އަދި ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް އަޔަސް، ގައުމުގެ ހިންގުން ބުރޫނާރާ ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ ދެވަނަ ދަރިކަލުން އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި ގައުމުގެ އާ ރޫހީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މުޖުތަބާ އާންމުންގެ ތެރެއަށް ނިކުމެވަޑައިނުގެން ހުންނެވުމަށްފަހު، ދައުލަތުގެ ޓީވީ މެދުވެރިކޮށް މިދެއްވި ބަޔާނަކީ އޭނާ ރަސްމީކޮށް ދެއްވި ފުރަތަމަ ރައްދެވެ.
މި އެއްބަސްވުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަ އާއި ނުތަނަވަސްކަން ކުޑަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްނަންގަވައިގެން ސޮއިކުރެއްވި ތާރީޚީ އެއްބަސްވުމެކެވެ. މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި އޮތް ދެކޮޅުވެރިކަމާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މަޝްވަރާގެ ދޮރުތައް ބަންދުވެފައި އޮތުމަށްފަހު، މި އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދުގައި ސީދާ ޑިޕްލޮމެޓިކް މުއާމަލާތްތައް ފެށުމުގެ މަގުވަނީ ހުޅުވިފައެވެ.
އެމެރިކާއާއެކު ހެދި އެއްބަސްވުމަށް ހުއްދަ ދިނީ ގައުމީ ސަލާމަތަށްޓަކައި: މުޖުތަބާ ޚާމަނާއީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ