ރަޝިޔާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ޑިޖިޓަލް ކެމްޕެއިނެއް

ރަޝިޔާއަކީ މިވަގުތު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރަޝިޔާއިން 112,718 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 13.4 އިންސައްތައެވެ. ވީމާ، މި ކެމްޕޭނަކީ އެ މާކެޓުގައި ރާއްޖޭގެ ހިއްސާ ވަރުގަދަކޮށް ހިފެހެއްޓުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ