ކ. ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކ. ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުކަން ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ އިލްތިމާސްކުރައްވައިފިއެވެ.އެމްއެންޑީއެފުން ބުނީ، ތަކެތި އޮޔާދަނީ ކ. ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅި ސަރަހައްދުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
އޮޔާދާ ތަކެތީގެ ސަބަބުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން ވަނީ އެދިވަޑައިގެންފައެވެ.
ހާއްސަކޮށް، ރޭގަނޑު ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން އިތުރަށް ސަމާލުވުމަކީ ރައްކާތެރިކަމުގެ ގޮތުން މުހިންމު ކަމެއް ކަމުގައި އެމްއެންޑީއެފުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ