އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕަސަން އެވެ.
މިއަދު 2:30 އިން ފެށިގެން އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ސްރީ ލަންކާ ހިމެނޭހެން 241 ވޯޓު މަރުކަޒު ބަހައްޓާފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމްޑީޕީއަކީ މި ވަގުތު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ