އެޕަލް ވޮޗް އަދި ސެމްސަން ގެލެކްސީ
ވޮޗްތަކަށް އީ-ސިމްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި
ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް އުރީދޫވެއްޖެ އެވެ.
މި ހިދުމަތާއެކު، ކަސްޓަމަރުންނަށް ފޯނު
ކައިރީގައި ނެތަސް، ސީދާ ސްމާޓްވޮޗް މެދުވެރިކޮށް މުވާސަލާތުކުރެވޭނެ އެވެ. މި ހިދުމަތުގެ ސަބަބުން އެޕަލް އަދި ސެމްސަންގް ގަޑި މެދުވެރިކޮށް
ފަސޭހަކަމާއެކު ގުޅުމާއި، މެސެޖު ކުރުމާއި، މިއުޒިކް އަޑުއެހުމާއި،
ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރުމުގެ ފުރުސަތު
ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
އުރީދޫން ދަނީ ދުނިޔޭގެ
ފެންވަރުގެ ޓެކްނޮލޮޖީތަކާއި ގުޅިފައިވާ ތަޖުރިބާތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. ވޭރަބަލް ޑިވައިސްތަކަށް އީ-ސިމްގެ ހިދުމަތް
ތައާރަފުކުރުމަކީ، ސްމާޓް އަދި ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް
އުރީދޫން ކުރަމުންދާ މަސައްކަތުގެ އިތުރު ފިޔަވަޅެކެވެ.
މި ހިދުމަތް އެކަށޭނެ އެޕަލް ވޮޗް އަދި
ސެމްސަންގް ގެލެކްސީ ވޮޗް މޮޑެލްތަކަށް ލިބޭނެ އެވެ. މިއާއެކު، ކަސްޓަމަރުންނަށް
ކަސްރަތު ކުރާއިރު، ދަތުރު މަތީގަ އާއި ބޭރުގައި އުޅޭއިރު ފަސޭހަކަމާއި އެކު މެސެޖުކޮށް، ފޯންކޯލްކޮށް ހެދޭނެ އެވެ.
ރާއްޖޭގައި 3ޖީ، 4ޖީ، އަދި 5ޖީ ހިދުމަތް
އެންމެ ފުރަތަމަ ތައާރަފު ކުރި ކުންފުނީގެ ގޮތުގައި، އުރީދޫން އަންނަނީ
ޓެލެކޮމިއުނިކޭޝަން ދާއިރާގައި އާ އީޖާދުތަކާއެކު ކުރި ހޯދަމުންނެވެ. ވެއަރަބަލް
އީ-ސިމްގެ ހިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކުގެ ކުރީ
ސަފުގައި އުރީދޫ އޮތްކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
ރާއްޖޭގައި އެޕަލް އަދި ސެމްސަން ގަޑިއަށް އީސިމް ހިދުމަތް ފޯރުކޮށްދިން ފުރަތަމަ ކުންފުންޏަކަށް އުރީދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ