ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ 18 އަހަރުން ދަށުގެ ކޮލިފަޔާސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
ޖުމްލަ ހަތަރު ގައުމު ވާދަކުރި މި މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ރާއްޖޭން ވަނީ ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިފަ އެވެ. ސްރީ ލަންކާގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ.
ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 88-48 އިން ބަލިވެފަ އެވެ. އަދި، ލީގު ބުރުގައި އިންޑިއާ އަތުން 130-60 އިން ރާއްޖެ ބަލިވިއިރު، ސްރީ ލަންކާ އަތުން ބަލިވީ 132-42 އިންނެވެ.
އިއްޔެ ކުޅުނު ތިން ވަނަ ހޮވި މެޗުގައި، ރާއްޖޭން ނުކުމެ ބަންގްލަދޭޝް ކައިރީގައި ފުރަތަމަ ކުއާޓަރުން ފެށިގެން ފަހު ކުއާޓަރުގެ ނިޔަަލަށް ވަނީ ވިސްނުންތެރިކަމާ އެކު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މި މެޗުގެ، މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ރާއްޖޭން ކުރިީގައި އޮތީ 12-20 ޕޮއިންޓުންނެވެ. އެ ލީޑު ދަމަހައްޓައިގެން ކުރިއަށްދާން މަސައްކަތްކުރިއިރު، ބަންގްލަދޭޝް އިން ދިޔައީ ޗެލެންޖު ދެމުންނެވެ. އެކަމަކު، ހަަތަރު ވަނަ ކުއާޓަރުގައި ވެސް ރާއްޖޭގެ ކޮންޓްރޯލް ގެއްލުނަނުދީ ކުޅުމުގެ ނަތީޖާ އަކަށްވީ، ތިން ޕޮޮއިންޓުގެ ފަަރަގުން މެޗުން މޮޅުވުމެވެ. ރާއްޖެ މޮޅުވީ، 59-62 ޕޮއިންޓުންނެވެ. މި މެޗުގައި، ރާއްޖޭގެ ޓީމުގެ، އިސްމާއިލް ޒުއިޒް މުހައްމަދު ޒިލާލް 19 ޕޮއިންޓް އެއްކުރި އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދީ 78-56 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ.
ސާބާ ކޮލިފަޔާސްގެ އަންހެން ޑިވިޝަނުގައި ކުޅުނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އެވެ. ރާއްޖެ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެއީ، ސްރީ ލަންކާ އަތުން 74-44 އިންނާއި އިންޑިއާ އަތުން 110-24 އިންނެވެ. ރޭ ކުޅުނު ފައިނަލުގައި، ސްރީ ލަންކާ އަތުންް އިންޑިއާ މޮޅުވީ 57-87 އިންނެވެ.
ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމަށް ލޯ މެޑަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ