100އަށްވުރެ ގިނަ ސަޕޯޓަރުންނާއިއެކު، ވިލިނގިލި ދާއިރާގެ ސަރުކާރު ކެންޑިޑޭޓު ފޯމު ހުށަހަޅުއްވައިފި

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ގއ.ވިލިނގިލި ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޔަޒްމީދު މުޙައްމަދު ފޯމު ހުށަހަޅުއްވައިފިއެވެ.
އިންތިޚާބީ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ކުރިއަށްގެންދިޔަ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ޔަޒްމީދު ފޯމް ހުށަހަޅުއްވައިފައިވަނީ 100 އަށް ވުރެ ގިނަ ސަޕޯޓަރުންނާއެކުގައެވެ.
ޔަޒްމީދުގެ ފޯމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ޙަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބުއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ޔަޒްމީދު، ވިލިނގިލި ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ 577 ވޯޓާއެކުއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރައްވާ ޔަޒްމީދު، ހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރާއިއެކުގައި-
އެ ދާއިރާއަށް ވާދަކުރެއްވި 4 ކެންޑިޑޭޓުންނާއި ވާދަކުރައްވައި، އޭނާ ޓިކެޓް ކަށަވަރު ކުރެއްވުމުން، ދާއިރާގެ ގޮނޑި ކާމިޔާބް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި ސަރުކާރުން ވަނީ ދީފައެވެ.
ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރައްވާ ޔަޒްމީދު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއެކު
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 284,327 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެންވެއެވެ. މަޖިލިސް އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އީސީން ނިންމިއިރު، އިންތިޚާބު ރަމަޟާން މަހަށްފަހު ބާއްވާ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ