އިނގުރައިދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އައު ޖެނެރޭޓަރެއް

ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދުއަށް 600 ކިލޯވަޓުގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. 
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެ ކުންފުނިން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.
އަދި އިނގުރައިދޫގެ އިތުރުން އެހެން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށްވެސް އެ ކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
Advertisement
ދާދިފަހުން ފެނަކައިން ވަނީ ތ. ވަންދޫގައި އެންމެ ޒަމާނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ޤާއިމުކޮށްފައެވެ. ހާއްސަކޮށް އޮފް-ގްރިޑް އޮޕަރޭޝަނަށް ފަރުމާކުރެވިފައިވާ މި ނިޒާމުގެ ސަބަބުން، ދުވާލުގެ ވަގުތުގައި 7 - 8 ގަޑިއިރަށް އެ ރަށުގެ ޑީސަލް ޖަނަރޭޓަރުތައް ނިއްވާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ