ޙާފިޒުންނަށް ދޭ އެލަވަންސް ޖުލައި މަހުން ފެށިގެން ދެ ގުނަ އަށް ބޮޑު ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން މި ނިންމުން ނިންމާފައިވަނީ މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމުގައެވެ.
ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން، ފުވައްމުލަކު ސިޓީގައި ބޭއްވުނު ޖަލްސާގައެއްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ހާފިޒުންގެ އަގު ބޮޑަށް ވަޒަންކުރުމުގެ ގޮތުން އެމަނިކުފާނު ވެރިކަމެއްގައި ހާފިޒުންނަށް ދެވޭ އެލަވަންސް ދެގުނައަށް ބޮޑު ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
އެގޮތުން، މިހާރު ސަރުކާރުން ހާފިޒުންނަށް ދެމުން އަންނަ 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑު ކުރައްވަން ވަނީ ވަޢުދުވެވަޑައިގެންފައެވެ.
ހާފިޒުންނަށް ދޭ އެލަވަންސް، ޖުލައި މަހުން ފެށިގެން، ދެ ގުނައަށް ބޮޑު ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ