ފަގީރުންގެ ތެރެއިން ދާއިމީ ބޮޑެތި ބަލިމީހުންނަށް އިންޝުއަރެންސް ދެނީ

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ ބޭސްފަރުވާއަށް އިންޝުއަރެންސް ދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއަދު ފެށުނު ހިޖުރީ އާ އަހަރާ އެކު، އެފަދަ ފަރާތްތަކަށް އިންޝުއަރެންސް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ. މިކަން ކުރިއަށް ގެންދާނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް އެ ތަނުން ބުންޏެވެ.
ބުނީ ކީކޭ؟ - މިނިސްޓްރީން ބުނި ގޮތުގައި:
އިންޝުއަރެންސް ތައާރަފްކުރަނީ އާސަންދައިން ނުލިބޭ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށް 
ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާ އާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް 
މި ސަރުކާރުން ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށާއި މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހަރަދެއް ކުރެ އެވެ. އޭގެ ތެރޭގައި، ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސްފަރުވާއަށް ހޭދަކުރުމާއި މި ނޫން ވެސް ގިނަ ކަންކަމަށް އެހީތެރިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ވެސް ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 3.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ