ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ނެގުމުގައި އަނިޔާ ސަބަބުން ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ ދެ މެޗު އޮތީ އަންނަ މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އެވެ.
ލަންކާއާ އެކު ކުޅޭ، މި ދެ މެޗަށް 26 ކުޅުންތެރިންގެ ސްކޮޑު އެކުލަވާލުމުގައި ގޮންޖެހުންތަކެއް ދިމާވީ އަނިޔާގެ މައްސަލަތަކާ ހެދި އެވެ.
އެ ގޮތުން، އަނިޔާގެ ސަބަބުން މި ފަހަރު ސްކޮޑުން ބާކީވި ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާގެ ގޯލްކީޕަރު، ހުސެއިން ޝަރީފް (ހުސެން)، ކްލަބް އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ދާދި ފަހުން ނިއު ރޭޑިއަންޓަށް ސޮއިކުރި، އަހުނަފް ރަޝީދު (އަހުއްކޮ)ގެ އިތުރުން، އޮޑި ސްޕޯޓްސް ކްލަބްގެ ހައިޝަމް ރަޝީދު (ހައި) އާއި އަހުމަދު ނޫމާން (ހެލްމެޓް) ހިމެނެ އެވެ.
ދެ އަހަރަށް ފަހު ގައުމީ ސްކޮޑުން، ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ޖާގަ ހޯދައިފަ އެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފައިސަލް އެންމެ ފަހުން ގައުމީ ޓީމުގައި ހިމެނުނީ، 2023 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. މި ފަހަރު ގައުމީ ޓީމުން މުޅިން އަލަށް ޖާގަ ދިނީ، ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ހަސަން ރާއިދު އަށެވެ. އަދި، 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާނަށް ވެސް ވަނީ ޓީމުން ފުރުސަތު ދީފަ އެވެ.
މި ފަހަރުގެ ސްކޮޑާ ގުޅޭގޮތުން، ގައުމީ ކޯޗު މޯހަން، "އަދަދު ސްޕޯޓްސް" އަށް ބުނީ މި ވަގުތަށް ބަލާއިރު ނެގެން އޮތް އެންމެ ރަނގަޅު ސްކޮޑެއް އެކުލަވާލީ ކުރިމަގަށް ވެސް ވިސްނާފައި ކަމަށެވެ. އަދި، އަނިޔާގައި ހުރި ކުޅުންތެރިންް ގިނަ ކަމަށާއި އޭގެ ސަބަބުން ވެސް ސްކޮޑަށް ބަދަލުތަކެއް ގެންނަން ޖެހި، ކުރިމަގަށް ބަލައި ވެސް ކުޅުންތެރިންނަށް ފުރުސަތު ދީފައިވާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
ލަންކާގެ މެޗުތަކަށް އަންނަ މަހު ހަތަރު ވަނަ ދުވަހު ފުރާއިރު، މާދަމާރޭ ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާނެ އެވެ.
ވަރުގަދަ ސްކޮޑެއް ނަގަން ދިމާވި ގޮންޖެހުމަކީ އަނިޔާގެ މައްސަލަ ވަރުގަދަ ސްކޮޑެއް ނަގަން ދިމާވި ގޮންޖެހުމަކީ އަނިޔާގެ މައްސަލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ