ބިންހެލުމާ ގުޅިގެން ރާއްޖެއަށް ލޮޅުމެއް އައި، އިތުރު ނުރައްކަލެއް ނެތް: މެޓް

ނިކޯބާ އައިލެންސްއަށް ރޭ އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރާއްޖެއަށްވެސް ލޮޅުން އައިސްފައިވާކަން ރިކޯޑް ކުރެވުނު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
ނިކޯބާ އައިލެންޑްސްއަށް ބިންހެލުން އައީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. ބިންހެލުން އައީ ރާއްޖެ ގަޑިން މިރޭ 11:41 ގަ އެވެ.
ބިން ހެލުން އައީ މާލެއާ 2215 ކިލޯ މީޓަރުގެ ދުރު ސަރަހައްދަކަށެވެ. ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެއެވެ. 
މެޓް އޮފީހުން ކުރިން ބުނީ މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާ ކަަމަށެވެ.
ނަމަވެސް މިއަދު ބުނީ، ބިންހެލުމާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ލޮޅުމެއް އައިކަމަށް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. އަދި ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑް މީޓަރަށް، ރޭ 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރިކޯޑް ކުރެވުފައިވާ ކަމަށެވެ.
ނަމަވެސް ބިންހެލުމާއި ގުޅިގެން އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ