ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ކުރިއަށް އޮތް ދެ ދުވަހު ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރަން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކޮންމެހެން ދަތުރުކުރަންޖެހޭ މީހުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސް ކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އިލްތިމާސްކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.
މެޓް އޮފީހުން އަދަދު އަށް މައުލޫމާތު ދެމުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށެވެ. އެގޮތުން އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.
އެ އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށައި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"ހުޅަނގާއި އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށިގެންވޭ،" މެޓުން ބުންޏެވެ.
މީގެއިތުރުން އުތުރާއި މެދުރާއްޖެ ތެރެއަށް ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު ހުރިއިރު، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާއި ދެމެދު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސްކަމުން ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރަން އިލްތިމާސްކޮށްފި މޫސުން ގޯސްކަމުން ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރަން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ