އުމަރު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް އަދި ނުނިންމަވާ ކަމަށެވެ. އުމަރު ވެސް ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން އޭނާ ނިންމެވި ކަމަށް ބުނެ ވާހަކަ ފެތުރެނީ ރި-ޓްވީޓާއި ގުޅިގެންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން އުމަރު ނިންމަވާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އެ ވާހަކަތައް ފެތުރި ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނީ ކުރީން އުމަރު ދެއްވި އިންޓަވިއުއެއްގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަން ހާމަކޮށް މީހަކު ކުރި ޓްވީޓެއް އުމަރު ރި-ޓްވީޓް ކުރެއްވުމުންނެވެ. އެ ޓްވީޓްގައި ދެން އޮންނަ އިންތިހާބެއްގައި ވާދަ ކުރައްވާނެ ކަމަށާ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓޭއް އެންޑޯޒް ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށް ބުނެފައިވެއެވެ.އެކަމާއި ގުޅޭގޮތުން "މި" ނޫހުން ސުވާލު ކުރުުމުން އުމަރު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް އަދި ނުނިންމަވާ ކަމަށެވެ. އުމަރު ވެސް ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން އޭނާ ނިންމެވި ކަމަށް ބުނެ ވާހަކަ ފެތުރެނީ ރި-ޓްވީޓާއި ގުޅިގެންނެވެ.ރިޔާސީ އިންތިހާބު ގައި އުމަރު ވަނީ ހައިރާން ކުރަނިވި ނަތީޖާ އެއް ހޯއްދަވާ އިންތިހާބުގެ ހަތަރުވަނަ ހޯއްދަވާފައެވެ. އުމަރު ވަނީ ހަ ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއީ ސިޔާސީ މައިދާނުގައި އަޑުގަދަ ބައެއް ބޭފުޅުން މި ފަހަރު ހޯއްދެވި ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާއެކެވެ.ސިޔާސީ މަަސައްކަތް ފެއްޓެވީއްސުރެ އުމަރަކީ އޭނާ ގަބޫލު ކުރައްވާ ގޮތެއްގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރުވެސް ދައްކަވަނީ / ވަކާލާތު ކުރައްވަނީ 2008 ވަަނަ އަހަރުގެ ކުރީން ސިޔާސީ މަސައްކަތަށް ނިކުންނެވިއިރު ވެސް ދެއްކެވި ވާހަކަތަކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދެވަނަ ބުރުގަައި އަމަލުކުރާނެ ގޮތެއް އުމަރު އަދި ނުނިންމަވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ