މުދަލަކީ މާތް ﷲ ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެއްކަމަށާއި މުދަލުން ހެޔޮ ގޮތުގައި ހޭދަކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމްގައި “ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން” މި މަޢުޟޫއަށް ތަޤުރީރު ކުރައްވާ ވަޒީރު ވިދާޅުވީ މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުވާފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ބޭރު ޤައުމުތަކުން ރާއްޖެ އައިސްތިބި ބިދޭސީންނަށް އިޙްސާންތެރިވުމަށާއި ހެޔޮ ފޯރުވުމަށް އަލި އަޅުއްވާލާ ވާހަކަފުޅު ދައްކަވާފައެވެ. ވަޒީރު ވިދާޅުވީ މިކަންކަމަކީ މާތް ﷲ ވަރަށް ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ 6 އިޙްޔާ ފޯރަމްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލިހުގެ ބާރުގަދަ 2 ކޮމިޓީއަކުން އަޒާން ވަކިކޮށްފި ރައްކާތެރިގޮތުގައި ޖަނަވާރު ގެންގުޅުމާއި ގުޅޭ ބިލެއް މަޖިލީހަށް ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ގެސްޓުންނަށް ކާންދިނުމަށް ހެދިފައިވަ ގަވައިދަށް އަމަލުކުރަން އެދެފި އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ