ސްޓެލްކޯއިން ކަސްޓަމަރުންނަށް ބިލް ދައްކަން ދަތިވެގެން ސްޓެލްކޯގެ ވެރިންނަށް ގުޅާކަށް ނުޖެހޭނެ ކަމަށާއި މުއްދަތުގައި ބިލްދައްކަން އުނދަގޫވާނަމަ ކޮންމެ ކަސްޓަމަރަކަށްވެސް ވަރަށް ފަސޭހައިން ބިލްދައްކަން އިތުރު މުއްދަތު ހޯދަން އެދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށާއި ސްޓެލްކޯއަކުން އެއްވެސް ކަމެއްގައި ރައްޔިތުންނަށް އޮޅުވައި ނުލާނެ ކަމަށާއި އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު ކަމަށާއި އަދި ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
"ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ. އެގޮތުން ސްޓެލްކޯ ވެބްސައިޓް stelco.com.mv/rpex މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައި ކަމަށާއި ބިލްގެ މުއްދަތު އިތުރުކުރަން އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ." ކަމަށްވެސް ޙުސައިން ފަހުމީ ވިދާޅުވިއެވެ.
ޙުސައިން ފަހުމީގެ ބަސްފުޅު:
"އަޅުގަނޑު އަބަދުވެސް މި ދަންނަވާ ވާހަކައަކީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެކޭ. މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ. އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ."
"ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު. އަދި ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް. ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ. އެގޮތުން ސްޓެލްކޯ ވެބްސައިޓް stelco.com.mv/rpex މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައި. މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ."
ބިލް ދައްކަން ދަތިވެގެން ސްޓެލްކޯގެ ވެރިންނަށް ގުޅާކަށް ނުޖެހޭނެ! ކޮންމެ ކަސްޓަމަރަކަށްވެސް ވަރަށް ފަސޭހައިން އިތުރު މުއްދަތު ހޯދަން އެދެވޭނެ!: ޙުސައިން ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ