ވިސާމް ވަނީ ކުންފުނި ރަޖިސްޓްރާގެ މަގާމުގައި ހުންވައިގެން މި ދާއިރާ ޒަމާނީ ބަދަލުތަކެއް ގެންނަންވަން ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ކުންފުނި ރަޖިސްޓްރާގެ މަގާމުގައި 11 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖޭގެ ކުންފުނި ހިންގުމުގެ އޮނިގަނޑަށް ޒަމާނީ ބަދަލުތަކެއް ގެނެސްދެއްވި އަދި މި ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ތަޖުރިބާކާރު ވިސާމް އިސްތިއުފާ ދެއްވީ މި މަހު 1 ވަނަ ދުވަހު އެވެ. ރަޖިސްޓްރާ އޮފް ކޮމްޕެނީސް (އާރުއޯސީ) ގެ މަގާމަށް ވިސާމް އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ.
މިރާ އަށް މިރޭ ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ރެޖިސްޓްރާގެ މަގާމުން އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ އެވެ.
ވިސާމްއަކީ ރާއްޖޭގެ މުޖުތަމައުގައި އަންހެނުންނާއި ކުދި ވިޔަފާރިތައް ތަރައްގީ ކުރުމަށް ޚާއްސަ ޒުވާން ލީޑަރުން އުފައްދަވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާ އިން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވި އެވެ. ވިސާމްވަނީ ރަޖިސްޓްރާގެ މަގާމަށް ވަޑައިގަތުމުގެ ކުރީގައި އެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާނުވެސް ފުރުއްވާފަ އެވެ. އަދި ސީއެމްޑީއޭގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވި އެވެ. ސީއެމްޑީއޭގައި ހުންނެވި ދުވަސްވަރު، ޑިރެކްޓަރ ޖެނެރަލް ފޯ ޕެންޝަން ސުޕަވިޝަންގެ މަގާމާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ބޯޑުގައި ސީއެމްޑީއޭގެ މަންދޫބުގެ މަގާމު ވެސް ފުރުއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުންފުނި ރަޖިސްޓްރާ 11 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ