އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާ މައްސަލައަށް އަހަރު ދުވަސް ފާއިތުވެގެން ދިިޔައިރު ވެސް ހައްލެއް ލިބިފައި ނުވާތީ އެ ސިޓީގެ ރައްޔިތުންނަށް ޖެހެމުންދާ ތަކުލީފުތަކަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ބޭރުކޮށްލީ ވެރިކަން ކުރާ ޕީއެންސީގެ 47 މެންބަރުންގެ ވޯޓާއެކު އެވެ. އެ ކުއްލި މައްސަލަ ބަލައިގަންނަން ވޯޓުދެއްވީ 13 މެންބަރުންނެވެ. އޭގެތެރޭގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ އައްޑޫއިން ކަރަންޓު ކެނޑެމުން ދިޔުމުގެ ސަބަބުން އެ ސިޓީގެ ރަައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުންވަމުންދާ ކަމަށާއި އެ ސިޓީގައި މީހުން ދިރިއުޅެމުން ދަނީ ހާސްކަމާއި ދަތިކަމުގެ ތެރޭގައި ކަމަށެވެ.
އަދި އެ ކަންކަން އެހެން ހުއްޓައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކެޕޭސިޓީއަށްވުރެ މާ ދަށް ކެޕޭސިޓީގެ ޖަނެރޭޓާރެއް ގެންގޮސްގެން، އެ މައްސަލަ ހައްލު ކުރަން އުޅޭ ކަމަށް ދެއްކުމާއި، އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް އެންވަރަމެންޓު މިނިސްޓަރު، ތޯރިގު އިބްރާހިމް ވިދާޅުވި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް އެއްވެސް ވަރަކަށް ކަރަންޓުގެ މައްސަލަ ހައްލުވެފައި ނުވާކަން ނާޒިލްގެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައި ވަނީ އައްޑޫ ސިޓީގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް އަޅާންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށެވެ.
އައްޑޫ ކަރަންޓު މައްސަލަ ވަގުތުން ހައްލު ކޮށްދިނުމަށް ގޮވާލައި ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އައްޑޫ ކަރަންޓު މައްސަލަ ވަގުތުން ހައްލު ކޮށްދިނުމަށް ގޮވާލައި ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ