ރައްޔިތުން އުޅެނީ އާސަންދަ އާއި ބޭސްގުޅައެއް ވެސް ނުލިބިގެން ކަމަށާއި ނަމަވެސް ސަރުކާރުން އުޅެނީ މިސައިލު ނުގަނެވިގެން ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރުންތަކެއް ފުލުހަށް ހާޒިރުކުރުމުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރޮޒެއިނާ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤާއި މުޒާހަރާ ކުރުމުގެ ހައްޤާއި އިހުތިޖާޖު ކުރުމުގެ ހައްޤު ރާއްޖޭގެ ޤާނޫނު އަސާސީން އެބަ ލިބިދޭ ކަމަށާއި އަދި އެ ހައްޤުތަކުގެ ވާހަކަ ޤާނުނު އަސާސީގައި ލިޔެފައި އޮންނަނީ ތަންފީޒުވެގެން ދާއިރުގައި އާންމުންނަށް ވެސް އުނދަގޫ ވާނެކަން އެނގި ހުރެ ކަމަށެވެ.
އެގޮތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުން ބައެއް ފަހަރު އާންމުންނަށް ވެސް އުނދަގޫ ވާނެ ކަމަށާއި ނަމަވެސް އެ ހައްޤުތައް ދީފައި މި އޮންނަނީ އާންމުންނަށް އެކަމުން އެ ކުރިމަތިވާ އުނދަގުލަށް ވުރެ މުހިންމު ކަންތައްތަކެއް ދިފާއުކުރުމަށް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މި ސަރުކާރުގައި ފެނިގެންދަނީ ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސްފައިވާ މަންޒަރު ކަމަށާއި ރައްޔިތުންނަށް އާސަންދަ އާއި ބޭސްގުޅައެއް ވެސް މިހާރު ނުލިބޭ ކަމަށެވެ.
"ސަރުކާރުން އުޅެނީ މިސައިލު ނުގަނެވިގެން. މި ހުރިހާ ކަންތައްތަކަކާއި ގުޅިގެން ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑެތި ޝައްކުތައް އުފެދި، ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ޓަކައި ކަމަށް މިބޭފުޅުންގެ މި ހުރިހާ ޕޮލިސީތަކެއް ބައްޓަންވެފައި މިހުންނަނީ. މިއީ މިއަދު ރައްޔިތުން ކުރަމުން ގެންދާ ސުވާލެއް،" ރޮޒެއިނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ބޭހެއް ނުލިބޭ، ސަރުކާރުން އުޅެނީ މިސައިލު ނުގަނެވިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ