ބާޒާރުގައި ކުރުނބާ ސަޕްލައި ދަށްވެ, 1.5 ލީޓަރު ފުޅިއެއްގެ އަގު 150ރ. އަށް އަރައިފި އެވެ.
ރޯދަ މަސް ފެށުނުތާ ކައިރީގައި ދިވެހި ކުރުނބާ ލިބުން ނަމަވެސް, މިހާރު ދިވެހި ކުރުނބާ ހުރީ ވަރަށް މަދުންނެވެ. ދަނޑުވެރިންގެ މާރުކޭޓުގެ ގިނަ ގޮޅިތަކުން މިހާރު ލިބެން ހުރީ ލަންކާ ކުރުނބާ އެވެ.
ދިވެހި ކުރުނބާ ލިބެން ހުރި ގޮޅިތަކުގައި އަގު ހުރީ 35ރ. އާއި 60ރ. އާ ދެމެދު އެވެ. ފުޅިއެއްގެ އަގު އުޅެނީ 140ރ. އާއި 150ރ. އާ ދެމެދުގަ އެވެ.
މިދިޔަ ހަފުތާގައި ބާޒާރުގައި ކުރުނބާ ފުޅިއެއްގެ އަގު 110ރ. އަށް ވެސް ވެއްޓުނެވެ. ނަމަވެސް މަޑުމަޑުން އަގު އުފުލުނީ ކުރުނބާ ލިބޭލެއް މަދުވުމުންނެވެ.
ރޯދަ މަސް ފެށުނުއިރު ބާޒާރުގައި 300ރ. އަށް ލިބެންހުރި ރޯ ކަދުރު ކިލޯއެއްގެ އަގު 400ރ. އަށް މިއަދު އުފުލިފައިވާއިރު، 100 ގްރާމު ލިބެންހުރީ 40ރ. އަށެވެ.
ރޯދަ މަހު އެންމެ ގިނައިން މީހުން ކާބޯތަކެތި ބޭނުންކުރަން ގަންނަ ބާވަތްތަކުގެ ތެރެއިން މިރުހުގެ އަގު ހުރީ 100 ގްރާމު 15ރ. އާއި 20ރ. އަށެވެ.
ކަރާ ކިލޯއެއްގެ އަގު 25ރ. އަށް ހުރިއިރު ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 50ރ. އާއި 80ރ. އާ ދެމެދުގަ އެވެ. އަދި އާފަލެއް 6ރ. އަށް ލިބެން ހުރިއިރު އޮރެންޖެއް ލިބެންހުރީ 5ރ. އަށެވެ.
ކުރުނބާ ސަޕްލައި ދަށްވެ ލީޓަރެއްގެ އަގު 100ރ. އިން މައްޗަށް ކުރުނބާ ސަޕްލައި ދަށްވެ ލީޓަރެއްގެ އަގު 100ރ. އިން މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ