ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ކަމަށް މުހައްމަދު މުޖުތާޒު، މއ. ސިގްމާ، އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި މަހުގެ 20، ގައި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރި މުޖުތާޒު އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މުޖުތާޒުއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މުޖުތާޒު ވަނީ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާސްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު 11، ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރަޝީދު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.
އިބްރާހިމް ރަޝީދު ވަކިކުރަން ކޮމިޓީން ފާސްކުރި ސަބަބެއް މިއަދާ ހަމައަށް ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު އަށް ވިދާޅުވީ އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް މުޖުތާޒު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް މުޖުތާޒު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ