ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ލ. ގަމުގައި ހިންގާ ކެމްޕަހުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޑިގްރީ ޕްރޮގްރާމެއް ހިންގުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެެއްވީ:
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް
ތަފްސީލް - 'ބެޗެލާ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖު' ކޯސް ކުރިއަށް ގެންދަނީ، އެމްއެންޔޫން ބުނި ގޮތުގައި، އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ 'އެންދެރި' މަޝްރޫއުގެ ދަށުންނެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ބޭނުމަކީ، އެމްއެންޔޫން ބުނި ގޮތުގައި:
ތިމާވެށި އެންމެ ފުރިހަމައަށް ބަލަހައްޓައި މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މީހުން ބިނާކުރުން
"ތިމާވެއްޓަކީ މުޅި ދުނިޔޭގައި ވެސް އެންމެ ކުރިއަރާފައިވާ އެއް ދާއިރާއަށް ވުމުން، މި ދާއިރާއަށް ވީހާ ވެސް ގިނަ ބަޔަކަށް އިލްމު އުގަންނައިދިނުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެފަދަ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް ވެސް މުހިންމު ފިޔަވަޅެއްގެ ފެށުމަކަށް މި އެއްބަސްވުން ވެގެންދާނެ އެވެ،" އެމްއެންޔޫގެ ބަޔާނެއްގައިވެ އެވެ.
އެމްއެންޔޫން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޑިގްރީ ކޯހެއް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ